އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސްވިޒަލޭންޑާ ދެކޮޅަށް ކަނޑައެޅި ޓެރިފްތައް އިތުރަށް ބޮޑުކުރީ އެ ގައުމުގެ ރައީސް ވާހަކަދެއްކެވި ގޮތް ކަމުނުދިޔުމުން ކަމަށް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސްވިޒަލެންޑުން އެމެރިކާއަށް އެކަށީގެންވާ މިންވަރަށް ޓެރިފް ނުދައްކާ ކަމަށާއި، އޭގެ ސަބަބުން އެމެރިކާގެ ވިޔަފާރީގެ ޑެފިސިޓް ނުވަތަ ގެއްލުން 42 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުރަތަމަ އެމެރިކާއިން ނިންމީ ސްވިޒަލެންޑްގެ މުދަލުން %30 ގެ ޓެރިފެއް ނެގުމަށެވެ.
ނަމަވެސް، މި ނިންމުމާއެކު ސްވިޒަލޭންޑްގެ ރައީސް ޓްރަމްޕަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ފޯނު ކޯލުގައި ސްވިޒަލޭންޑްގެ ރައީސް ވާހަކަދެއްކެވި ރާގާއި ގޮތް އޭނާއަށް ކަމަކު ނުދިޔައެވެ. އެހެންކަމުން، އެ ގައުމުން ޓެރިފް ކުޑަކޮށްދިނުމަށް އެދުނު ނަމަވެސް، ޓްރަމްޕް ވަނީ ބަދަލުހިފުމުގެ ގޮތުން ޓެރިފްގެ މިންވަރު %39 އަށް މަތިކޮށްފައެވެ.
NEW:
— Megatron (@Megatron_ron) February 11, 2026
🇺🇸🇨🇭 Donald Trump says just because he didn’t like how the Swiss President spoke he raised the tariffs:
“Switzerland wasn’t paying tariffs and we had a $42 billion trade deficit.
So I imposed a 30% tariff on them.
Then I received an urgent call from the Swiss president.… pic.twitter.com/wRgMDSqwqw
ޓްރަމްޕްގެ މި ނިންމެވުމަކީ ހަމައެކަނި ޒާތީ އިހުސާސެއްގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އިގްތިސާދީ މުހިންމު ނިންމުމެއް ނިންމެވި ނިންމެވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.