theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ޕާކިސްތާނުން ވައްޓާލި ރަފައިލް މަރުކާގެ 114 އައު ޖެޓް އާއި އެކު އިތުރު ހަނގުރާމައަކަށް އިންޑިއާ ދޮންވަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ފެބްރުއަރީ 2026
މާލެ ސިޓީ

ސަރަޙައްދީ ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ގޮތަކަށް، އިންޑިއާއިން 114 ރަފައިލް މަރުކާގެ ފައިޓަރ ޖެޓް ގަތުމަށް ނިންމައި، ޕާކިސްތާނާއެކު އިތުރު ހަނގުރާމައަކަށް މަގުފަހިވާ ފަދަ ނުރައްކާތެރި ފިޔަވަޅުތަކެއް އަޅަމުންދާކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަންނަން އުޅުނު އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް ޕާކިސްތާނުން ވައްޓާލާފައި ވަނިކޮށް، އަލުން މިފަދަ ބޮޑު އަދަދަކުން ޖެޓްތައް ހޯދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަކީ ސަރަޙައްދީ ހަމަޖެހުން ނަގާލުމަށް ކުރާ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި 114 ޖެޓް ގަތުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވަނީ ބިލިއަނުން ޚަރަދުކޮށްގެންނެވެ. މިއީ ކުރިން ޕާކިސްތާނުގެ ކުރިމަތީގައި އިންޑިއާގެ އަސްކަރީ ބާރު ކުޑަވެ، ލިބުނު ނާކާމިޔާބީތަކުގެ ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވެއެވެ. ޕާކިސްތާނުން މީގެ ކުރިން އިންޑިއާގެ މަތިންދާބޯޓުތައް ވައްޓާލައި، އިންޑިއާގެ ޕައިލެޓުން ހައްޔަރުކުރުމާ ގުޅިގެން އިންޑިއާގެ އަސްކަރީ ގާބިލިއްޔަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އިންޑިއާއިން ހަނގުރާމައިގެ ވިލާގަނޑެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު، މީގެ ސަބަބުން ދެކުނު އޭޝިއާގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޚާއްޞަކޮށް، އަމިއްލަ ގައުމުގެ ފަގީރުކަން ނައްތާލުމުގެ ބަދަލުގައި، އަސްކަރީ ބާރުވެރިކަން ދެއްކުމަށްޓަކައި އިންޑިއާއިން ކުރަމުންދާ މި ބޮޑު ޚަރަދަކީ އަވަށްޓެރި ގައުމުތަކަށް ދޭ އިންޒާރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުން ބުނެފައިވަނީ، އިންޑިއާގެ ކޮންމެފަދަ ހަމަލާއަކަށްވެސް ދޭންޖެހޭ އެކަށީގެންވާ ރައްދު ދިނުމަށް އެގައުމުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އިންޑިއާއިން އައު ޖެޓްތަކެއް ހޯދި ނަމަވެސް، ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ދިފާއުކުރުމުގެ ފުރިހަމަ ގާބިލިއްޔަތު އެގައުމަށް ލިބިގެންވާކަން މީގެ ކުރިންވެސް ވަނީ ސާބިތުކޮށްދީފައެވެ.

މި މަޝްރޫއުގެ ދަށުން އިންޑިއާއިން ހޯދުމަށް މަސައްކަތްކުރާ 'ރަފައިލް' މަރުކާގެ މި ޖެޓުތަކަކީ ފްރާންސްގެ 'ޑަސޯލްޓް އޭވިއޭޝަން' އިން އުފައްދާ، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކުން ފުރިހަމަކުރެވިފައިވާ 'މަލްޓި-ރޯލް' ހަނގުރާމަމަތީ ބޯޓުތަކެކެވެ. ދުރު ރާސްތާގެ މިސައިލްތަކާއި، އޭ ބީ އެސް އޭ (AESA) ރޭޑާ ސިސްޓަމްގެ އިތުރުން، އިލެކްޓްރޯނިކް ވޯފެއާ ސޫޓްތަކުން ފަރުމާކުރެވިފައިވާ މި ޖެޓުތަކަކީ އެއްފަހަރާ އެތައް އަމާޒަކަށް ހަމަލާދިނުމުގެ ގާބިލިއްޔަތު ލިބިގެންވާ އުޅަނދުތަކެކެވެ. ނަމަވެސް، މީގެ ކުރިން ޕާކިސްތާނުން އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް ވައްޓާލާފައިވާތީ، މިފަދަ އަގުބޮޑު ޓެކްނޮލޮޖީއަކުން އިންޑިއާގެ އަސްކަރީ ނުކުޅެދުންތެރިކަން ފޮރުވޭނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved