April 3, 2026
Advertisement
-
- / ރައީސް އޮފިސް

ރައީސްއަކަށް ހުންނަ މީހާއަކީ ކުޅޭ ކުޅޭ މީހަކަށް ވެގެން ނުވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 13, 2026, 03:26 AM
މާލެ ސިޓީ

ރައީސްއަކަށް ހުންނަ މީހާއަކީ ކުޅޭ ކުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޗާގޯސްއާ ގުޅުވާ ރައީސް މުހައްމަދު މުއިއްޒު ދައްކަވަނީ ތާކުން ތާކު ނުޖެހޭ ވާހަކަ ކަމަށާ ވެރިޔަކަށް ހުންނަ މީހާ އެއަށް ވުރެ ހަރުދަނާ ވާން ޖެހޭނެ ކަމަށެވެ.

ރިޔާސީ ބަޔާނުގައި ވެސް ދެއްކީ ދޭސީ، އުރަތްޕެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ 3 ވަނަ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ދެ އަހަރުވެގެން ދާއިރުވެސް ޗާގޯސް އާ ގުޅިގެންވެސް އިހުލާސްތެރި މަސައްކަތެއް ނުކުރާ ކަމަށާ ކުރިން ރިޔާސީ ކޮމިޝަނެއް އުފައްދާ ވެސް ހަރުދަނާ މަސައްކަތްތަކެއް ނުކޮށް އަނެއްކާވެސް ގާނޫނީ މަސައްކަތް ފެށީ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވީ ހަރުދަނާ ވާހަކައެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހި ގެއްލިގެން ދިޔައީވެސް ގައުމުގައި ވެރިކަން ކުރި ވެރިންގެ އިހުމާލުން ކަމަށްވާއިރު ދެން އަންނަ ވެރިން އެތަން އަނބުރާ ހޯދުމަށް މަސައްކަތްކުރުމަކީ ފަރުދީ ޒިންމާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved