April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށް، ގައުމުގެ މިސްރާބު ބަދަލުކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 13, 2026, 07:43 PM
މާލެ ސިޓީ

ބަންގްލަދޭޝްގައި ބޭއްވި ތާރީޚީ އާންމު އިންތިޚާބު، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަޙްމާންގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފިއެވެ.

Advertisement

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 299 ގޮނޑީގެ ތެރެއިން ބީއެންޕީ އާއި އެ ޕާޓީގެ އިއްތިހާދުން ވަނީ 211 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެޖޯރިޓީއެކެވެ. ބީއެންޕީގެ މައިގަނޑު ވާދަވެރިޔާ ކަމަށް ބެލެވުނު ޖަމާއަތޭ އިސްލާމީ އިއްތިހާދަށް ލިބިފައިވަނީ 70 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނާއި އެހެނިހެން ކުދި ޕާޓީތަކުންނެވެ.

މި އިންތިޚާބަކީ 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ދަރިވަރުން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ 15 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް އައި ފަހުން އެ ގައުމުގައި ބޭއްވި ފުރަތަމަ އާންމު އިންތިޚާބެވެ. ޝެއިޚް ޙަސީނާގެ ސަރުކާރު ވެއްޓުމަށްފަހު ބޭއްވި މި އިންތިޚާބުގެ ނަތީޖާއާއެކު، ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ބީއެންޕީގެ މި ކާމިޔާބީއަކީ، މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ އާއިލާއަށް އަލުން ބަންގްލަދޭޝްގެ ވެރިކަމުގެ ބާރުތައް ލިބިގެންދިޔަ ތާރީޚީ މުނާސަބަތެކެވެ. އިންތިޚާބުގެ ނަތީޖާއަށްފަހު ބީއެންޕީގެ ސަޕޯޓަރުން އަންނަނީ މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved