April 30, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެއާ އިންޑިއާއިން ހުއްދަ ނެތި އަށް ދަތުރު ކުރުމުން ޖޫރިމަނާކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 14, 2026, 04:50 AM

އެއާ އިންޑިއާގެ އެއާބަސް މަރުކާގެ ބޯޓެއް، އުދުހުމުގެ ރައްކާތެރިކަމުގެ ހުއްދަ ނެތި އަށް ފަހަރެއްގެ މަތިން ދަތުރުކޮށްފައިވާތީ، އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރީ އިދާރާ، ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އެ އެއާލައިން އެއް ކްރޯޑް ރުޕީސް އިން ޖޫރިމަނާކޮށްފިއެވެ.

Advertisement

ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 އާއި 25 އާ ދެމެދު، އެއާބަސް އޭ320 މަރުކާގެ މި ބޯޓު ވަނީ ނިއުދިއްލީ، ބެންގަލޫރު، މުމްބާއީ އަދި ހައިދަރުއާބާދު ފަދަ ސިޓީތަކަށް ދަތުރުތައް ކޮށްފައެވެ. މި ދަތުރުތައް ކޮށްފައިވަނީ ކޮންމެހެން އޮންނަންޖެހޭ އެއާވޯދިނަސް ރިވިއު ސެޓްފިކެޓް (އޭއާރުސީ) ނެތިކަން ޑީޖީސީއޭގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

އޭއާރުސީ އަކީ ބޯޓެއްގެ ރައްކާތެރިކަމާއި ފެންވަރު ބަލައި، ކޮންމެ އަހަރަކު އެއްފަހަރު ރެގިއުލޭޓަރީ އިދާރާއިން ދޫކުރާ މުހިންމު ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް ނެތި ބޯޓެއް އުދުއްސުމަކީ އޭވިއޭޝަންގެ ސަލާމަތީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު، ނުރައްކާތެރި އަމަލެއްގެ ގޮތުގައި ޑީޖީސީއޭ އިން ވަނީ ސިފަކޮށްފައެވެ.

މި މައްސަލައިގައި ޑީޖީސީއޭ އިން ނެރުނު އަމުރުގައި ބުނެފައިވަނީ، މިއީ އެއާލައިންގެ މެނޭޖްމަންޓުން ކަންކަމާ މެދު ބަހައްޓާ ފަރުވާކުޑަ ސިޔާސަތެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި މި އިހުމާލުގެ ޒިންމާ އެއާލައިންގެ އެންމެ އިސްވެރިން އުފުލަންޖެހޭނެ ކަމަށް ބުނެ، އެއާ އިންޑިއާގެ ސީއީއޯ ކޭމްޕްބެލް ވިލްސަން ވެސް ވަނީ މި ކަމުގައި ޒިންމާދާރު ކުރެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved