May 1, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

"ރައްޔިތުންގެ ބޭންކުން" ރައީސް ޔާމީން ގޮވައިން ކޯޓަށް!

Aishath Naja
އައިޝަތު ނަޖާ
Mar 10, 2024, 05:13 AM
މާލެ ސިޓީ

ރައްޔިތުންގެ ބޭންކު "ބޭންކް އޮފް މޯލްޑިވްސް" އިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވައިން ދިވެހިރާއްޖޭގެ ހައި ކޯޓަށް ދާން ނިންމައިފިއެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެސްކްރޯ އެކައުންޓުގައި ބެހެއްޓި އެއް މިލިއަން ޑޮލަރު ދޫނުކުރުމުން ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ރައީސް ޔާމީން (ބޭންކް އޮފް މޯލްޑިވްސް) ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ބީއެމްއެލްއިން ހައި ކޯޓުގައި އިސްތިއުނާފުކުރަން ވަނީ ހުށަހަޅާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗައް ދޮގު ތުހުމަތުތަކެއް ކޮށް ތަހުގީގުގެ ތެރެއިން ރައީސް ޔާމީން އެއް މިލިއަށް ޑޮލަރަށް ހިޔާނެތްތެރިވި ކަމަށް އޭސީސީއިން ބުނެ އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން، އެ ފައިސާ، އެސްކްރޯ އެއްބަސްވުމެއްގެ ދަށުން، ބީއެމްއެލްގެ އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ވަނީ ލުމަށް އެއްބަސްވެފައެވެ.

އެ ފައިސާ އަނބުރާ ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތުމުން ވެސް ބީއެމްއެލްއިން ދޫނުކުރުމުން އެއީ ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެ އެ މައްސަލަ ސިލިވް ކޯޓަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހުށަހަޅާފައެވެ.

ސިވިލް ކޯޓުގަ ދައުވާ ކުރި މައްސަލައިގެ ތެރެއިން އެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބީއެމްއެލްއިން ބުނެފައި ވީނަމަވެސް ކޯޓުން ނިންނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމަށެވެ.

މި ގޮތަށް ކޯޓުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައިކަންވެސް ފާހަގަކޮށްލެވެއެވެ.

ސިވިލް ކޯޓުގެ މި ނިންމުން އިސްތިއުފާނުކުރަން ބީއެމްއެލްގެ ފަރާތުން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ބީއެމްއެލްއިން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައިކަން ވެސް ފާހަގަކޮށްލެވެއެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނިންމާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved