April 3, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރޯދައިގެ ކުރިން ޕީއެންއެފުން ބާއްވާނެ އެންމެ ފަހު ޖަލްސާ މިރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 15, 2026, 08:10 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނަވާ ފްރޮންޓު އޮފީސް ޖަލްސާއެއް މިރޭވެސް އޮންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓޫ (ޕީއެންއެފް)އިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީއިން ހާމަކުރި ގޮތުގައި ރޯދައިގެ ކުރިން ބާއްވާނެ އެ ޕާޓީގެ އެންމެ ފަހު ޖަލްސާއަށް މިރޭގެ ޖަލްސާވާނެއިރު މިރޭގެ ޖަލްސާ ޚާއްސަވާނެ ކަމަށެވެ.

އާދައިގެން މަތިން މިރޭގެ ޖަލްސާގައިވެސް ގައުމުގައި ހުރި މުއިއްމު ކަންކަމަށް އަލިއަޅުޅުވާލާ އިންސާފުކުރުން އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކުރިއެވެ. މިރޭ 08:45 ގައި އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި، ރައީސް ޔާމީންގެ އިތުރުން އެ ޕާޓީގެ އިސް އެހެން ބޭފުޅުން ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގައުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން ހާމަނުކުރާ ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވެސް މި ޖަލްސާތަކުގެ މުހިންމު ބޭނުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފް އިން ބާއްވަމުންދާ މި ޖަލްސާތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާތައް ބަލައި، ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved