
މި ރޯދަ މަހުގެ ވެސް ފަހު ދިހައެއް ބަންދުވާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ އަންނަ މާޗް 9، އިން ފެށިގެން މާޗް 18، އާ ހަމައަށް ސަރުކާރު ބަންދުވާނެ ކަމަށެވެ.
ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފަވާތީ، ސަރުކާރު ބަންދުވި ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެކި އިދާރާތަކުން އެކަށީގެންވާ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އިއުލާންގައި ބަޔާންކޮށްފައިވެއެވެ.
ރޯދަ މަހުގެ ފަހު ދިހައެއް ބަންދު ކުރަން ފެށީ 2024 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން މިއީ ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދު ކުރާ ތިން ވަނަ އަހަރެވެ.










