May 3, 2026
Advertisement
ނޫސްވެރިކަން ބިރުވެރި ހާލަތެއްގައި އޮތުމުން، ރައީސް އޮފީސް ދޮރުމައްޗަށް ސަންދޮކެއް!
ނޫސްވެރިކަން ބިރުވެރި ހާލަތެއްގައި އޮތުމުން، ރައީސް އޮފީސް ދޮރުމައްޗަށް ސަންދޮކެއް! / ސޯޝަލް މީޑިއާ
ކުއްލި ހަބަރު

ނޫސްވެރިކަން ބިރުވެރި ހާލަތެއްގައި އޮތުމުން، ރައީސް އޮފީސް ދޮރުމައްޗަށް ސަންދޮކެއް!

May 3, 2026, 02:41 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ނޫސްވެރިކަމަށް ބިރުވެރި ދުވަސްތަކެއް ކުރިއަށް ދާތީ އަދި ނޫސްވެރިކަންވެސް ބިރުވެރި ހާލަތެއްގައި އޮތުމުން، ނޫސްވެރިންގެ ބެލެނިވެރި ޖަމްއިއްޔާ، މޯލްޑީވްސް ޖާނަލިސްޓު އެސޯސިއޭޝަންއިން ރައީސް އޮފީސް ދޮރުމަތީ ސަންދޮކަކާއެކު ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

Advertisement

އެމްޖޭއޭއިން މިފަދަ އިހުތިޖާޖެއް ކޮށްފައިވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރުމަށްކަމަށް ވެއެވެ.

އެމްޖޭއޭއިން ސަންދޮކެއް ހިފައިގެން ރައީސް އޮފީސް ކުރިމައްޗަށް ގޮަސްފައިވާއިރު، އޭގައި ލިޔެފައިވަނީ "ޕްރެސް ޕްރީޑަމް 2008 އިން 2026" މިހެން ޖާފައެވެ. ބެލެވޭ ގޮތުގައި އެ ރަމްޒުކޮށްދެނީ 2008 އިން ފެށިގެން ރާއްޖޭގައި އޮތް ޒަމާނީ މިނިވަން ނޫސްވެރިކަން މި އަހަރު ކަފުންކޮށް ވަޅުލައިފި ކަމެވެ.

އެމްޖޭއޭއިން ބުނީ ރައީސް އޮފީސް ކުރިމަތީ ހަމަހިމޭން އިހްތިޖާޖެއް ކުރަމުން އަންނަކަމަށެވެ. އަދި ސަންދޯކެއް ގެނައި ރާއްޖޭގައި ނޫސްވެރިކަން އޮތް ބިރުވެތި ހާލަތު އަންގާ ދިނުމަށްކަމަށެވެ. 

އެ ޖަމްއިއްޔާއިން ބުނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ދިއުމާއި، ނޫސްވެރިންނަށް ކުރިމަތިވަމުންދާ އެކިކަހަލަ ހުރަސްތަކުގެ ސަބަބުން މީޑިއާގެ މިނިވަންކަން "މަރުވަމުންދާ" ކަމުގެ މެސެޖު ކަމާބެހޭ ފަރާތްތަކަށް ދޭން ބޭނުންވާ ކަމަށެވެ. އަދި މި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނޫސްވެރިންގެ މި އަޑުތައް އަހައި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

އެމްޖޭއޭއިން  ބުނީ  ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށެވެ. ވަކިން ހާއްސަކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ވަގުތެއްކަމަށް ވެސް އެ ޖަމްއިއްޔާއިން ހާމަކޮށްފައިވެއެވެ.

މި ހިމޭން އިޙްތިޖާޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހުށަހަޅައި، މިނިވަން ނޫސްވެރިކަމަކަށް މަގުފަހިކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާ މި ހަރަކާތުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ނޫސްވެރިންގެ ހައްޤުތަކަށް އިތުރަށް ސަމާލުކަންދީ، ނޫސްވެރިކަމަށް އޮތް ނުރައްކާތައް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެމްޖޭއިން ބުނެފައިވެއެވެ.  

ހަމައެހެންމެ މި ހަރަކާތުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ނޫސްވެރިންގެ ހައްޤުތަކަށް އިތުރަށް ސަމާލުކަންދީ، ނޫސްވެރިކަމަށް އޮތް ނުރައްކާތައް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އެމްޖޭއިން ބުނެފައިވެއެވެ.


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved