April 30, 2026
Advertisement
-
- / ެމެގާ

ޚާމަނާއީގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ ޓްރަމްޕް އިންޒާރު ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 15, 2026, 11:46 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ އެންމެ މަތީ ވެރިޔާ އަޔަތުالله އަލީ ޚާމަނާއީއަށް އަމާޒުކޮށް ނުރައްކާތެރި ބަހުގެ ހަމަލާތަކެއް ފޮނުވައިފިއެވެ.

Advertisement

މިދިޔަ ހަފުތާގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޚާމަނާއީ މިވަގުތު ހުންނެވި ތަން (ލޮކޭޝަން) ވަގުތުން ވަގުތަށް މީޑިއާ މެދުވެރިކޮށް ހާމަކުރުމުގެ ގާބިލުކަން އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމަކީ "މޮޔަ ކަމެއް" ކަމަށް ވިދާޅުވެ، އޭނާ ވަނީ ޚާމަނާއީގެ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އޭނާއަކީ އީރާނުގެ ސުޕްރީމް ލީޑަރު ކަމުގައިވި ނަމަ، އެއް ތަނެއްގައި މާގިނައިރު ނިދާލަން ނުވަތަ މަޑުކޮށްލަންވެސް ޖެހިލުންވާނެ ކަމަށެވެ. މިއީ ޚާމަނާއީގެ ފުރާނައަށް ސީދާ ނުރައްކަލެއް އޮތްކަން ދޭހަވާ ފަދަ މޭރުމަކުން ޓްރަމްޕް ދެއްވި އިންޒާރެކެވެ.

މި ވާހަކަތަކާ ގުޅިގެން ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ގައުމެއްގެ އެންމެ މަތީ ވެރިއަކަށް އަމާޒުކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފަށް މިފަދަ ނުރައްކާތެރި އަދި ބޭއަދަބީ ބަހުގެ ހަމަލާތައް ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ޚާއްޞަކޮށް، މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ނުތަނަވަސް ފޭދިފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕްގެ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ޓްރަމްޕްގެ މި އިންޒާރަކީ އޭނާގެ އާދައިގެ މަތިން ސަމާލުކަން ހޯދުމަށް ދެއްކެވި ވާހަކައެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ އިސްލާމީ ގައުމެއްގެ ލީޑަރަކަށް ކުރި ވަރަށް ބޮޑު އިހާނެތްތެރިކަމެއް ކަމަށް މުސްލިމް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved