April 3, 2026
Advertisement
-
- / އިލެކްޝަންސް ކޮމިޝަން

ނަން އަނބުރާ ގެންދިއުމުން ގޮނޑި ކަށަވަރު ކުރެވޭކަމަށް ނިންމުން ގާނޫނު އަސާސީއާ ޚިލާފު: ޑރ އަހުމަދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 16, 2026, 01:35 AM
މާލެ ސިޓީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރައި ގެންދިއުމުން އިންތިޚާބަކާ ނުލައި، ކުރިމަތި ލާފައިވާ އެއް ކެންޑިޑޭޓް އިންތިޚާބުވީ ކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީ އާ ޚިލާފު ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

"ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުން ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ލިބިއްޖެ" މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ އަހުމަދު ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރައި ގެންދިއުމުން އިންތިޚާބަކާ ނުލައި، ކުރިމަތި ލާފައިވާ އެއް ކެންޑިޑޭޓް އިންތިޚާބުވީ ކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ، ކޮރަޕްޓް ސިޔާސީ ވަސީލަތްތައް ބޭނުން ކޮށްގެން އިންތިޚާބީ މަޤާމުތަކަށް ވާދަކުރުމަށް ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤަށް ހުރަސް އެޅުމަށް ހުޅުވާލެވޭ ނުރައްކާތެރި ދޮރަކަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ އެ ފަދަ ނިންމުންތައް ވެގެންދާކަން ފާހަގަކުރައްވާ ޑރ އަހުމަދު ވިދާޅުވެފައިވަނީ، ކުންފުނިތަކާއި ކުލަބްތަކާއި ޖަމްޢިއްޔާތަކުގެ ބޯޑް ތަކަށާއި ކޮމެޓީތަކަށް، ވާދަނުކުރެވޭ އިންތިހާބުތައް (uncontested election) ނުވަތަ އިންތިހާބު ކުރުމުން ތައުރީފު ލިބޭ (election by acclamation) އުޞޫލު ހިންގުން މުނާސިބުކަމުގައި ވީނަމަވެސް، އެ އުޞޫލަކީ ޢާންމު އިންތިޚާބުތަކާއި ލޯކަލް އިންތިޚާބުތަކުގައި ތަޠްބީޤުކުރުން މަނާކުރަންޖެހޭ އުޞޫލެ ކަމަށެވެ.

އެހެންކަމުން، އިންތިޚާބަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެއްނަމަ، އިންތިޚާބުގެ އިންޞާފުވެރިކަން ކަށަވަރުކުރުމަށްޓަކައި ތަފާތު ޖުރިސްޑިކްޝަންތަކުން ބަލައިގެންފައިވާ، އެއް ކެންޑިޑޭޓެއްގެ އިންތިހާބުsingle) (candidate election” ނުވަތަ ކޮންފަމޭޓާރީ ވޯޓުގެ ނިޒާމު ދިވެހިރާއްޖޭގެ އިންތިޚާބާއި ބެހޭ ޤާނޫނުތަކަށް ވައްދަންޖެހޭ ކަމަށް ޑރ އަހުމަދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved