April 30, 2026
Advertisement
ބެންޖަމިން ނެތަންޔާހޫ
ބެންޖަމިން ނެތަންޔާހޫ / އަނަޑޮލު އަޖަންސި

އީރާނުގެ މިސައިލް ޕްރޮގްރާމަށް ހަމަލާދޭނެ ކަމަށް ބުނެ ސަހްޔޫނީން އިންޒާރުދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 17, 2026, 01:49 AM
މާލެ ސިޓީ

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގަތުލުއާންމެއް ހިންގަމުންދާ ސަހްޔޫނީ އިސްރާއީލުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރުދީފިއެވެ.

Advertisement

މި ނުރައްކާތެރި އިންޒާރު ސަހްޔޫނީން ދީފައިވަނީ މެދުއިރުމަތީގައި މަސްލަހަތު ގޯސްވެ، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ސަހްޔޫނީން ބުނަމުންދަނީ އީރާނުގެ މިސައިލް ގާބިލްކަން ނައްތާލުމަކީ އެމީހުންގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މިއީ މުޅި ސަރަހައްދުގައި ފިތުނަ އުފައްދައި، އިތުރު ލޭއޮހޮރުވުންތަކަކަށް މަގުފަހިކުރުމަށް ސަހްޔޫނީން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.

އީރާނުން ބުނެފައިވަނީ ސަހްޔޫނީންގެ އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ، އޭގެ ރައްދު މާ ވަރުގަދަވާނެ ކަމަށެވެ. ސަހްޔޫނީންގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގަން އުޅޭ އުދުވާނެއްގެ ގޮތުގައި އިސްލާމީ ގައުމުތަކުން ދަނީ ކަނޑައަޅަމުންނެވެ.

މި ހާލަތާ ގުޅިގެން މުޅި ސަރަހައްދުގެ މަސްލަހަތު މިހާރު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސަހްޔޫނީންގެ މިފަދަ އިންޒާރުތަކަކީ ދުނިޔޭގެ ސަމާލުކަން ޣައްޒާގައި އެމީހުން ހިންގަމުންދާ ޖަރީމާތަކުން އަނބުރާލުމަށް ކުރާ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved