April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ ތެޔޮ ވިއްކުން ހުއްޓުވަން ކުރާ މަސައްކަތަށް ޗައިނާއިން ގޮންޖަހައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 17, 2026, 02:01 AM
މާލެ ސިޓީ

އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން، ޗައިނާއިން އެކަމަށް ވަރުގަދަ ރައްދެއް ދީފިއެވެ.

Advertisement

ޗައިނާގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން މިނިވަން ގައުމުތަކުގެ މެދުގައި ހިންގާ ވިޔަފާރި އާއި އިގްތިސާދީ ގުޅުންތަކަކީ ބުއްދިވެރި އަދި ޝަރުއީ ކަންކަން ކަމަށެވެ. އަދި އެފަދަ ގުޅުންތަކަށް އެހެން ގައުމުތަކުން އިހުތިރާމްކޮށް، އެކަންކަން ހިމާޔަތްކުރަން ޖެހޭނެ ކަމަށްވެސް ބެއިޖިންއިން ބުނެފައިވެއެވެ.

އީރާނުގެ އިގްތިސާދު ބަލިކޮށްލުމަށް އެމެރިކާއާއި ސަހްޔޫނީން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޗައިނާއިން އަބަދުވެސް އަންނަނީ ވަކާލާތު ކުރަމުންނެވެ. ވަކި ގައުމަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯނުލަނބާނެ ކަމުގެ އިޝާރާތެއް ޗައިނާއިން މިވަނީ ދީފައެވެ. ޗައިނާއަކީ މިހާރުވެސް އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ.

މި މައްސަލައިގައި ޗައިނާއިން ދެކޭގޮތުގައި، ބައިނަލްއަގްވާމީ މުޖުތަމައުގެ ހަމަޖެހުން އޮތީ ގައުމުތަކުގެ މެދުގައި އޮންނަ ސައްހަ ވިޔަފާރީގެ ގުޅުންތަކަށް ހުރަސްނޭޅުމުގެ މައްޗަށެވެ. އެހެންކަމުން، ބޭރުގެ ޕްރެޝަރުތަކަށް ދޫނުދީ، އަމިއްލަ ގައުމުގެ މަސްލަހަތާއި ބައިނަލްއަގްވާމީ އުސޫލުތައް ހިމާޔަތްކުރުމުގައި ޗައިނާ ދެމިއޮންނާނެ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved