April 30, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން ހޮރްމުޒް ކަނޑުއޮޅީގެ ބައެއް ބަންދުކޮށް، ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 18, 2026, 12:57 AM
މާލެ ސިޓީ

އީރާނުގެ ބާރާއި ނުފޫޒު ދުނިޔެއަށް ދައްކާލުމުގެ ގޮތުން، ސްޓްރޭޓް އޮފް ހޮރްމުޒް ނުވަތަ ހޮރްމުޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް އެގައުމުގެ އަސްކަރިއްޔާއިން މިއަދު ބަންދުކޮށްފިއެވެ.

Advertisement

މި ނިންމުން ނިންމާފައިވަނީ އެ ސަރަހައްދުގައި އީރާނުގެ އަސްކަރީ ތަމްރީނުތަކެއް ނުވަތަ "މިލިޓަރީ ޑްރިލްތަކެއް" ކުރިއަށް ގެންދިއުމަށެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ މުޅި ދުނިޔޭގައި އުފުލާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ހުރަސްކުރާ، ބައިނަލްއަގުވާމީ އިގްތިސާދުގެ އެންމެ މުހިންމު އެއް ނާރެހެވެ.

އީރާނުގެ މި ވަރުގަދަ ފިޔަވަޅާއެކު، ދުނިޔޭގެ އެންމެ މުހިންމު ތެލުގެ "ޗޮކްޕޮއިންޓް" ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ގާބިލުކަން އެގައުމަށް ލިބިގެންވާކަން މިވަނީ ހާމަވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ސަރަހައްދުގެ ދަތުރުފަތުރުތައް ހުއްޓުވާލުމުގެ ބާރު އީރާނަށް އޮތުމަކީ، ބޭނުންވެއްޖެ ހިނދެއްގައި މުޅި ދުނިޔޭގެ އިގްތިސާދު ނޭވާހިއްލާލެވޭނެ ފަދަ ވަރުގަދަ ސްޓްރެޓީޖިކް ބާރެކެވެ.

މި އަސްކަރީ ތަމްރީނުތަކަކީ އީރާނުގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، އިސްލާމީ އުންމަތުގެ ދިފާއުގައި އެގައުމުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved