April 30, 2026
Advertisement
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް / އޭޕީ

މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރަން ޓްރަމްޕް ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 18, 2026, 01:22 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މުސްލިމުން އެމެރިކާއަށް ވަނުން މުޅިން މަނާކުރުމަށް ގޮވާލެއްވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Advertisement

ޓްރަމްޕް މިފަދަ ހަރުކަށި އަދި ނަސްލީ ތަފާތުކުރުން އެކުލެވޭ ގޮވާލުމެއް ގޮވާލާފައިވަނީ، އެމެރިކާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ނަމުގައެވެ. ނަމަވެސް، މިއީ އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމަށާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ޚިލާފަށް އޭނާ ކުރައްވާ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މިކަމާ ގުޅިގެން އިސްލާމީ ގައުމުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ޓްރަމްޕްގެ މި ނިންމުމަކީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްރަމްޕްގެ މި ހަރުކަށި ވިސްނުމަކީ ދުނިޔޭގައި އޮތް ސުލްހަމަސަލަސްކަން ގެއްލި، މުސްލިމުންނާ މެދު ބޭއިންސާފުން ނަފުރަތު އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން، މިއީ އެމެރިކާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދީނީ ހަމަހަމަކަމާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެ، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ވެސް ޓްރަމްޕަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved