February 21, 2026
Advertisement
zariyand
zariyand / ސޯޝަލް މީޑިއާ

މުއިއްޒުގެ ނިދި ނަގާލާ، ފިލާވަޅެއްް ދޭން ބޭނުންވާނަމަ ގައުމީ ކެންޑިޑޭޓަށް ވޯޓު ދެއްވާ: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Feb 20, 2026, 08:29 PM

ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ނިދި ނަގާލާ ފަދަ ފިލާވަޅެއް" ދޭން ބޭނުންވާ ނަމަ، މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ "ގައުމީ ކެންޑިޑޭޓު" އިސްމާއިލް ޒަރިޔަންދަށް ވޯޓު ދިނުމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

Advertisement

ޒަރިޔަންދުގެ ކެމްޕޭން "ޑޯ-ޓު-ޑޯ" ހަރަކާތެއްގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ހިންގުންތެރިކަން ފެއިލްވެފައިވާ މަންޒަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.

އަދި ރޯދަމަސް އައިއިރު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ގައުމުގެ އިގްތިޞާދު ފުނޑި، ރައްޔިތުން "ބަނޑަށް ޖެހި" ސަލާންޖަހާ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް  ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު އެންމެ ޖެހިލުންވާނެ އަދި ކަންބޮޑުވާނެ ކެންޑިޑޭޓަކީ ޝައްކެއްވެސް ނެތް ގޮތުގައި އިސްމާއިލް ޒަރިޔަންދެވެ.

މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު އައުމަކީ ރައީސް މުއިއްޒަށް ތަހައްމަލު ކުރަން އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، އޭގެ ސަބަބަކީ ޒަރިޔަންދު މޭޔަރުކަމާ ހަވާލުވުމުން، މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރާ މިއަދުގެ ހާލަތާ އަޅާކިޔާއިރު ބޮޑެތި ތަފާތުތަކެއް ރައްޔިތުންނަށް ފެނިގެންދާނެތީ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved