
އޮއްޓަރު ހުރި މަސައކްަތެއް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ނުކުރާ ކަމަށާ ކޮންމެ އިންތިހާބަކާ ދިމާކޮށް ރައްޔިތުންނަށް ދައްކަނީ ހުސް ދަޅަކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެއްވެސް ރަށެއްގައި ފަށާފައި ހުރި އެެއްވެސް ޕްރޮޖެކުޓެއް ރަގަޅަށް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ އައްބާސް ވަނީ ހާވަ ހާވާ ތިބެފައި ކޮންމެ އިންތިހާބަކަށް ރައްޔިތުންނަށް ދަޅަ ދައްކާލަން ސަރުކާރުން އެކަނި މަސައްކަތް ކޮށްލަނީ ކަމަށެވެ.
މިސަރުކާރު އައި ފަހުން ކަރަންޓު ބިލާ، ފެންބިލާ، ތަކެތީގެ އަގުތައް އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ދިއުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ސަރުކާރުން ނަމަވެސް ހަދަމުން ދިޔައީ ހުސްދޮގު ކަމަށެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައާ މަޖިލިސް އިންތިހާބުގައިވެސް މި ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދާ ތިން އަހަރު ފާއިތުވާން ކާއިރިވާއިރު، ކައުންސިލް އިންތިހާބު ކައިރިވެފައިވަނިކޮށް، އެ އިންތިހާބުވެސް ސަރުކާރަށް ދީގެން މެނުވީ ތަރައްގީ ނުގެނެވޭނެ ކަމަށް ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.










