
ދޮން ދަރިފުޅުގެ މަރުގެ ތުހުމަތު އޮތް އަހުމަދު ނާޒިމް، ޕީއެންސީ ދިއްގަރު ދާއިރާގެ ރައީސްކަމުން ސަސްޕެންޑްކޮށްފިއެވެ.
ނާޒިމް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުގައި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާއިރު އެ ދާއިރާގެ ރައީސްގެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަން ސެނެޓުގެ އެހެން ބައެއް މެމްބަރުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފައެވެ.
ނާޒިމްއާ މެދު މިފަދަ ފިޔަވަޅެއް އެޅި ވަކި ސަބަބެއް ނޭނގުނު ނަމަވެސް މިފަހަކަށް އައިސް ނާޒިމްއާ އޭނާއާ ދެބެއިންގެ ދެދަރި ކޮއްކޯފުޅު، ރައީސް ޑރ މުހައްމަދު މުއިއްޒާ ދެމެދު ގުޅުން ރަގަޅު ނޫންކަމުގެ އަޑުތައް ގަދަވެފައިވެއެވެ.
ނާޒިމްއާ ރައީސް މުއިއްުއާ މެދު ގުޅުން ހީނަރުވެ ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވެސް ވަނީ ވަކިކޮށްފައެވެ. ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ނާޒިމްއާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށް ދާދި ފަހުން ވިދާޅުވެސް ވެފައެވެ.










