March 9, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައީސް އޮފިސް

ރެފްރެންޑަމަކީ ރައީސް މުއިއްޒު ވެރިކަމުގައި ދެމިހުރުމަށް ޖައްސަވާ "ޗައްކަރެއް": ޑރ. ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Mar 8, 2026, 06:44 PM

ޖައްސަވާ "ޗައްކަރެއް" ކަމަށް ތުހުމަތުކުރައްވައި، އެކަމާ ދެކޮޅަށް ތެދުވުމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. ޑރ. ޖަމީލް ވިދާޅުވީ މުޅި ގައުމު "ދަވާލާކަމުގެ" ތުހުމަތު ރައީސް މުއިއްޒުގެ މައްޗަށް އެބައޮތް ކަމަށާއި، މި ރެފްރެންޑަމަށް ރައްޔިތުން ބޮޑުތަނުން "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒު ކުރިން ވެވަޑައިގަތް ވައުދުތައް ނުފުއްދަވައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އާ ވައުދުތަކަކާއެކު ނުކުމެވަޑައިގަންނަވާއިރު، ރައްޔިތުން "ގުނބޯ" ހެއްދިޔަ ނުދިނުމަށް ސަމާލުވާންޖެހޭ ކަމަށެވެ. ވަކިވަކި ފަރުދުންނަށް ދިއްކޮށްލާ ފައިސާކޮޅަކަށް ސިޔާސީ އަގީދާ ބަދަލުކުރުމަކީ ގައުމު ކުރިއަށް ނުދާނެ ސަބަބެއް ކަމަށާއި، ދެކޮޅުނުޖެހޭ ވާހަކަތަކަށް އަތްޖެހުން ހުއްޓާލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ، އެއްވެސް ގައުމެއްގެ ރައްޔިތުންނަކީ އަމިއްލަ ބުއްދި އިސްކޮށްގެން މަސައްކަތް ކޮށްގެން މެނުވީ ކުރިއެރުމެއް ލިބޭނެ ބައެއް ނޫން ކަމަށެވެ. ކީރިތި ގުރުއާނުގެ ވަޙީ ބަސްފުޅާ އެއްގޮތަށް ގައުމެއްގެ ހާލަތު ބަދަލުވާނީ އެ ބައެއްގެ އަމިއްލަ މަސައްކަތުންކަން ގަބޫލުކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް "ނޫނެކޭ" ބުނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved