
ހުޅުމާލޭގައި ދަތުރުކުރި ޓެކްސީއެއްގެ ތެރޭގައި، ޑޮކްޓަރަށް ދެއްކި މުހިންމު ލިޔުންތަކެއް ހުރި ފައިލެއް ބޭއްވުމަށްފަހު ފޭބިފައިވާތީ، އެ ތަކެތި ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މި ފައިލްގެ ވެރިފަރާތުން އެދިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ 08 މާރޗް 2026 ވީ އާދީއްތަ ދުވަހުގެ މެންދުރު 14:30 ހާއިރުއެވެ. މި ތަކެތީގެ ވެރިފަރާތުން މައުލޫމާތު ދޭ ގޮތުގައި، އެ ފައިލް ބޭއްވިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތަކުގެ "ދޯދި" 16 ވަނަ ފްލެޓަށް ދިއުމަށް ދަތުރުކުރި ޓެކްސީއެއްގައެވެ.
ގެއްލިގެން ހޯދަމުންދަނީ ދޮންކުލައިގެ ފައިލެކެވެ. މި ފައިލްގެ ތެރޭގައި ޑޮކްޓަރަށް ދެއްކި ހުރިހާ މުހިންމު ލިޔުންތަކެއްގެ އިތުރުން ކުޑަ ބޭސް ފުޅިއެއްވެސް އޮންނާނެ ކަމަށް ވެރިފަރާތުން ބުނެއެވެ. ދަތުރުކުރި ޓެކްސީގެ ނަންބަރު ހަނދާން ނެތް ނަމަވެސް، އެއީ "ގަދަ ނޫކުލައިގެ" ޓެކްސީއެއްކަން ފާހަގަކޮށްފައިވެއެވެ.
މި ތަކެތި ހޯދުމުގައި އެހީތެރިވެދެއްވުމަށް ހުރިހާ ޓެކްސީ ޑްރައިވަރުންގެ ކިބައިންނާއި އާންމުންގެ ކިބައިން ވެރިފަރާތުން ވަނީ އެދިފައެވެ. މި ފައިލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިފައިވާނަމަ، ލަސްނުކުރައްވައި ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަކީ ވެރިފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
ގުޅޭނެ ނަންބަރު: 7628167 / 7753364
މި މެސެޖު ވީހާވެސް ގިނަ ޓެކްސީ ގްރޫޕްތަކަށާއި ޑްރައިވަރުންނަށް ފޯރުކޮށްދިނުމަކީ ލިޔުންތަކުގެ ވެރިފަރާތަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.




