theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
ސަރުކާރު ޓެކްސީ ލައިންގެ ސަބަބުން ދައުލަތަށް ގެއްލުން ވާނެކަމަށް ގޮވާލައިފި
Yana Shareef
ޔާނާ ޝަރީފް
23 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުން ދައުލަތުގެ މާލިއްޔާއަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުން ލިބޭނެ ކަމަށް ގޮވާލައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންއަށް އެޑްރެސްކޮށް ޑްރައިވަރސް އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރުމުގެ މަސައްކަތް މިހައިތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ހާމަކަން ބޮޑުކޮށް ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ.

ޓެކްސީގެ ހިދުމަތް މިހާރު ދޭ ސެންޓަރުތަކާއި އެޕްތަކުގެ އިތުރުން ޓެކްސީ ކުރާ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ހިޔާލު އެއްވެސް މިންވަރަށް މިހައިތަނަށް ހޯދާފައި ނުވުމުން، އެ ދާއިރާއަށް އަމީން ދެއްވާ އަހަންމިއްޔަތުކަން ކުޑަކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ

ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފު ކުރުމަކީ މި ފަހަކަށް އައިސް ސަރުކާރުން ފަށަން މަސައްކަތް ކުރާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފެއިލްވާނެ މަޝްރޫއުކަމަށް ޓެކްސީ އެސޯސިއޭޝަނުން ލަފާކޮށްފައިވެ އެވެ.

ސަބަބެއް ކަމަށް އެ އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފުކޮށްފި ނަމަ، ފުރަތަމަ އަހަރު ވެސް މުސާރަ އާއި މެއިންޓެނެންސްގެ މަސައްކަތްތަކަށް 150 އާއި 200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވުމެވެ. އެވަރުގެ ބޮޑު ހަރަދެއް އެކަމަށް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްކަން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނަން އުޅޭތީ ގިނަ އަދަދެއްގެ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved