March 9, 2026
Advertisement
މޮޖްތަބާ ހާމާނާއީ
މޮޖްތަބާ ހާމާނާއީ / ސޯޝަލް މީޑިއާ

އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މޮޖްތަބާ ޚާމަނާއީ އައްޔަންކޮށްފި

Yana Shareef
ޔާނާ ޝަރީފް
Mar 9, 2026, 02:59 AM

އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ކުރީގެ ސުޕްރީމް ލީޑަރުގެ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އައްޔަންކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން އިއުލާންކޮށްފި އެވެ.

Advertisement

މޮޖްތަބާ އަކީ އެއްވެސް އިރެއްގައި ވެރިކަމަށް ކުރިމަތިލައްވާފައި ނުވާ ބޭފުޅެއް ނަމަވެސް، އޭނާ އަކީ ކުރީގެ ސުޕްރީމް ލީޑަރާ ވަރަށް ގާތުން މަސައްކަތް ކުރައްވައި އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

 އަހަރުގެ މޮޖްތަބާ ސުޕްރީމް ލީޑަރަކަށް ގެނައުމަށް އާއްމުކޮށް ވާހަކަ ދެކެވިފައެއް ނުވެ އެވެ. އަދި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ކުރިން ޕަހްލަވީ ރަސްކަން ފަދަ ދަރިފަސްކޮޅެއް އުފެދިގެން ދާނެ ކަމަށް ބެލެވޭތީ، މޮޖްތަބާ ވެރިކަމަށް ގެނައުމަކީ އެއްވެސް އިރެއްގައި ފާޅުގައި ދެކެވުނު ވާހަކައެއް ނޫނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރެއްގެ ގޮތުގައި އައްޔަން ކުރަންވާނީ އޭނާގެ ރުހުން އޮތް ބޭފުޅެކެވެ. އަދި އޭނާގެ ރުހުން ނެތް ބޭފުޅަކު އައްޔަންކޮށްފި ނަމަ އެ މީހަކު ވެސް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved