March 9, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މާލެއަށް ޑީސަލް ލީޓަރެއް ޖެހޭ އަގު 19ރ އަށް އަރާނެކަމަށް ބެލެވޭ!

Yana Shareef
ޔާނާ ޝަރީފް
Mar 9, 2026, 06:10 PM

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، ރާއްޖެއަށް ޑީސަލް އެތެރެކުރާ އަގު ނުވަތަ ލޭންޑިންގ ކޮސްޓް ލިޓަރަކަށް 19 ރުފިޔާއަށް އަރާނެކަމަށް  ބެލެވެން ފަށައިފިއެވެ.

Advertisement

. މި ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ އިރާނާއި، އިޒްރޭލު އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެވެ. އިރާނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ އެއް ގައުމަށް ވީހިނދު، މި ހަނގުރާމައިގެ ސަބަބުން ތެޔޮ އުފުލާ މައި މަގުތައް ބަންދުވެ، މުޅި ދުނިޔޭގައި ތެލުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ރާއްޖޭގައި ތެލުގެ ރިޒާވް އެބަހުރި ކަމަށެވެ. ނަމަވެސް، ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ނަމަވެސް އަގު މިހާ ބޮޑުވަމުންދާތީ އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ގިނަ ބަޔަކު ދަނީ ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ނަމަ، ރައްޔިތުންގެ އަތުން މިހާ ބޮޑު އަގެއް ނަގަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މިއަދު ޑީސަލް ލިޓަރެއްގެ އަގު 17 ރުފިޔާގައި ހުރި ނަމަވެސް، ސަޕްލަޔަރުންގެ ޚަރަދާއި ޝިޕިންގ ފަދަ އިތުރު ޚަރަދުތަކާއެކު ލޭންޑިންގ ކޮސްޓް 19 ރުފިޔާއަށްވުރެ މައްޗަށް ދިއުމަކީ ދިވެހި އިގްތިސާދަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved