March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މޯލްޑިވްސް ގޭސްއިން ގޭސް ވިއްކުން ކޮންޓްރޯލްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 15, 2026, 12:12 PM
މާލެ ސިޓީ

 ސަރުކާރުގެ ގޭސް ކުންފުނި "މޯލްޑިވްސް ގޭސް" އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު ފެށިގެން މަދުކޮށްފިއެވެ.

Advertisement

މޯލްޑިވްސް ގޭސްއިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި،  ކައްކާ ގޭހުގެ 10 ކިލޯގެ ސިލިންޑަރަށް އަޅަމުންދާނީ 5 ކިލޯގެ ގޭހެވެ. މިގޮތަށް ބަދަލު ގެނައުމަށްފަހު، 5 ކިލޯގެ ގޭސް ބަންދުކޮށްފައިވާ ސިލިންޑަރެއް ވިއްކާނީ 100 ރުފިޔާއަށެވެ. މީގެއިތުރުން، ގޭހުގެ ސްޓޮކް ހުރި މިންވަރަށް ބަލައި، އެ ކުންފުނިން މިވަގުތު އައު ކަސްޓަމަރުންނަށް ގޭސް ދޫކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ.

މި ނިންމުމާ ގުޅޭގޮތުން މޯލްޑިވްސް ގޭސްއިން ރަސްމީކޮށް ބަހެއް ބުނެފައި ނުވި ނަމަވެސް، މިއީ މިއަހަރުގެ ތެރޭގައި އެ ކުންފުނިން ގޭސް ވިއްކުން ކޮންޓްރޯލްކުރި ދެވަނަ ފަހަރެވެ. މިދިޔަ ޖެނުއަރީ މަހު އެ ކުންފުނީގެ ގޭސް ޝިޕްމަންޓް އެއްކޮށް ހުސްވުމާ ގުޅިގެން، ފެބްރުއަރީ މަހުގެ ކުރީކޮޅު ވެސް ވަނީ ގޭސް ވިއްކުން ކޮންޓްރޯލްކޮށްފައެވެ. އެ ފަހަރު އެސްޓީއޯއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މޯލްޑިވްސް ގޭސްއަށް ގޭސްގަނެފައިވަނީ ގާސިމްގެ ކުންފުނި ވިލާ ގޭހުންނެވެ.

އެފަހަރު ވަނީ ވިލާ ކުންފުނިން ބޮޑު އަގުގައި ގޭސް ގަނެ ވިއްކާފައިކަން ފާހަގަކުރެވިފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައިވެސް މުއިއްޒާއި ގާސިމް މަސައްކަތްކުރައްވަމުން ގެންދެވީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަންފާއާއި ސިޔާސީ މަންފާއެވެ.

މެދުއިރުމަތީގައި، ވަކިން ހާއްސަކޮށް އިރާނާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމަކީ އޭޝިއާގެ ގައުމުތަކަށް ގޭސް ލިބުމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ. ދުނިޔޭގެ އެންމެ ގިނައިން ގޭސް އުފައްދާ އެއް ގައުމު ކަމަށްވާ ގަތަރުން ވެސް މިވަގުތު ވަނީ ގޭސް އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved