
ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ދަނޑުވެރިކަމަށް ބުރޫ އަރާނެ ކަމަށާ އޭގެ ނަތީޖާއަކަށް ވާނީ ކާން ބޭނުންކުރާ އެކު ވާބަތްތަކުގެ އަގު ބޮޑުވުން ކަމަށް މާލޭޣެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ ގަސްކާނާގެ ބާވަތްތައް އަގު ބޮޑުވެދާނެކަމަށް ބަލާ ޖަހާފައިވާ ހިސާބުތަކަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި، ހޮރްމުް ކަނޑު އޮޅި ހުރަސްކޮށް ދުނިޔޭގެ ގަސް ކާނާގެ ބާވަތްތަކުގެ ވިޔަފާރީގެ %30–%33 ޔޫރިއާ %31–%35، އެމޯނިއާ 18–20% ސަލްފަރ (ގަސްކާނާ އިންޕުޓް) %44–%45 ކުރާ ކަމަށެވެ. އެހެންކަމުން ޖުމްލަ ގާތް ގަނޑަކަށް ކާބޯތަކެތީގެ 35 އިން ސައްތަ އަގު މައްޗަށް އުފުލޭނެ ކަމަށް އޭނާއަށް އަންދާޒާކުރެވޭ ކަމަށްވެސް ޒަރިޔަންދު ހާމަކުރައްވާފައިވެއެވެ.
ޒަރިޔަންދު ހާމަކުރައްވާފައިވާ ގޮތުގައޮ ހޮރުމުޒް ކަނޑުއޮޅި ބަންދުވެ ތެލުގެ ދަތިކަމަށް ވިސްނާއިރު، ރާއްޖޭގެ ކާބޯތަކެތީގެ އަގު އުފުލުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. ސަބަބަކީ ދުނިޔޭގެ ދަނޑުވެރިކަމަށް ބޭނުންވާ %45 ފަޓިލައިޒަރ އުފައްދަނީ އެ ސަރަޙައްދުން ކަމަށްވެ، ކަނޑުއޮޅި ބަންދުވުމުން ދަނޑުވެރިކަމަށް އަސަރުކުރުން ކަމަށްވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކާބޯތަކެތީގެ ދަތިކަމެއް ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިނުވާނެއެވެ. ނަމަވެސް ތެލުގެ ކަންބޮޑުވުންވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިތާ 72 ގަޑިއިރު ނުވެ ތެލުގެ އަގު ވެސް ރާއްޖޭގައި ވަނި ބޮޑުކޮށްފައެވެ.










