March 17, 2026
Advertisement
ބޮޑުކަންނެލީގެ މަސްވެރިކަން ނުހުއްޓިދާނެ ގޮތެއް ހޯދަން ޖެހޭ: ބީކޭއެމްޔޫ
ބޮޑުކަންނެލީގެ މަސްވެރިކަން ނުހުއްޓިދާނެ ގޮތެއް ހޯދަން ޖެހޭ: ބީކޭއެމްޔޫ / އެޑިޝަން.އެމްވީ

ބޮޑުކަންނެލީގެ މަސްވެރިކަން ނުހުއްޓިދާނެ ގޮތެއް ހޯދަން ޖެހޭ: ބީކޭއެމްޔޫ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 17, 2026, 04:04 PM
މާލެ ސިޓީ

ބޮޑުކަންނެލި މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރުހީވެފައިވާ ކަމަށާ އެކަން އެހެން ދިމާނުވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

Advertisement

އެ ޖަމްއިއްޔާއިން މިފަދައިން ބުނެފައިވަނީ ތެލުގެ އަގަށް އައި ބަދަލާއެކު މިފްކޯއިން ތެޔޮ ވިއްކުން ބޮޑު ކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބޮޑު ކަންނެލި ޔޫނިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ،  މިފްކޯއިން މިހާރު ޑީސަލް ލިޓަރެއް ވިއްކަމުންދަނީ 28 ރުފިޔާގެ ރޭޓުން ކަމަށެވެ. ތެލުގެ އަގު މިހާ ބޮޑުވެފައިވާއިރު، ބޮޑުކަންނެލި ކިލޯއެއްގެ އަގު ހުރީ 55 ރުފިޔާގައެވެ. މި ހާލަތުގެ ސަބަބުން މަސްދޯނިފަހަރު ދަތުރުތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ގިނަ ދޯނިފަހަރުތަކެއް ވަނީ އޮޕަރޭޝަންތައް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މަސްވެރި އާއިލާތަކަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސާދީ ދަތިތަކަށް އަލިއަޅުވާލަމުން ބީކޭއެމްޔޫއިން ބުނީ، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އާއިލާތައް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެއްގެ ގޮތުގައި އެ ޔޫނިއަނުން ސިފަކުރެއެވެ.

އެހެންކަމުން ކަމާބެހޭ އެންމެހާ ފަރާތްތަކަށް، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ގޮވާލާފައިވެއެވެ. މަސްވެރިންނަށް އެކަށީގެންވާ އަގަކަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައި، މަސްވެރިކަން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ މަގެއް ދައުލަތުގެ މުއައްސަސާތަކުން ހޯދައިދިނުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved