March 21, 2026
Advertisement
ތެލުގެ އަގު ބޮޑުވާ ނަމަ، މަސްވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތް: ބީކޭއެމްޔޫ
ތެލުގެ އަގު ބޮޑުވާ ނަމަ، މަސްވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތް: ބީކޭއެމްޔޫ / ސޯޝަލް މީޑިއާ

ތެލުގެ އަގު ބޮޑުވާ ނަމަ، މަސްވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތް: ބީކޭއެމްޔޫ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 20, 2026, 05:24 PM
މާލެ ސިޓީ

ތެލުގެ އަގު ބޮޑުވާ ނަމަ، މަސްވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާ، ބޮޑުކަންނެލި މަސްވެރިން ޔޫނިއަނުން ހާމަކޮށްފިއެވެ.

Advertisement

އެ ޖަމްއިއްޔާއިން މިފަދައިން ހާމަކޮށްފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

ބީކޭއެމްޔޫގެ ބަޔާނުގައި ބުނެފައިވަނީ، މަސްދޯނި ފަހަރަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނި ނަމަވެސް މިހާތަނަށް އެ އަގުގައި ތެޔޮ ލިބެމުންނުދާ ކަމަށާއި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް އެދޭ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ ތާރީހުގައި ވެސް ތެޔޮ އަގުބޮޑުނުވާ މިންވަރަށް މިދިޔަ ދުވަސްތަކުގައި ތެލުގެ އަގު އުފުލިގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން، މަސްދޯނި ފަހަރަށާއި އާންމު ދަތުރުފަތުރުކުރާ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން މީގެ ދެ ދުވަސް ކުރިން ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް މާލެ ސަރަހައްދުން މަސްދޯނި ފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބިފައެއް ނުވާކަން ފާހަގަކޮށް އެ ޖަމްއިއްޔާއިން ބުނެފައިވަނީ ތެލުގެ އަގު ހެޔޮވެގެން ނޫނީ މަސްވެރިންނަށް މަހަށް ފުރެން ނެތް ކަމަށާ މިއީ މަސްވެރި އާއިލާތަކަށް ލިބިގެންދާ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ.

ކަން އެހެން ހުރުމުން މި ހިނދުން މިހިނދަށް މަސްދޯނި ފަހަރަށް މަހަށް ފުރޭ ގޮތަށް، އެކަށީގެންވާ ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ސަރުކާރަށް އެ ޖަމްއިއްޔާއިން ގޮވާލާފައިވެއެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެންމެ ކުރިން ތެޔޮ އަގުބޮޑުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނުއިރު އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަން ފެށުމުން  މިފްކޯއިން މިދިޔަ އަންގާރަ ދުވަހު ޔަގީންކަން ދީފައިވާގޮތުގައި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް އޭގެ ސަބަބުން ބަދަލެއް ނާންނާނެ އެވެ. އެގޮތުން، ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހި ހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

މި ބަދަލާއެކު، މިމަހުގެ 5 ގައި މިފްކޯއިން އިއުލާންކުރި އަގުތައް ކުރިއެކޭ ވެސް އެއްގޮތަށް ދެމި އޮންނާނެ ކަމަށް އެކުންފުނިން އޭރު ބުންޏެވެ. ނަމަވެސް އަދިވެސް ސަބްސިޑީ ހަމަނުޖެހޭކަމަށް މަސްވެރިން ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved