March 19, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ މައްސަލަ ތާވަލް ކުރާނެ ދުވަހެއް އަދިވެސް ނޭނގޭ: ހައިކޯޓު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 13, 2024, 04:42 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ ވ. އާރަށުގެ މައްސަލައިގެ ހުކުމްގެ އިސްތިުނާފުގެ ހުކުމްގެ މަޖިލިސް ތާވަލްކުރާނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ހައި ކޯޓުން ހާމަކޮށްފިއެވެ.

Advertisement

ހައިކޯޓުގެ މީޑިޔާ އޮފިސަރ އަމީން ފައިސަލްއަށް ގުޅާލުމުން އޭނާ ވިދާޅުވީ މައްސލަައިގެ އަދި އިތުރު އަދާހަމަ އެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ތާވަލްކުރާނެ ދުވަހެއް އަދި ނޭނގެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގެ އިސްތިުނާފުގެ އަޑުއެހުންތައް ނިމި ހުކުމާ ހަމައަށް ވާސިލްވެފައިވާ އޮންނަތާ ތިން މަސް ފާއިތުވެފައިވާއިރު އަދިވެސ ްހުކުމް ނުކޮށް ގެންދަނީ ލަސްކުރަމުންނެވެ.

ކުރިން ހައިކޯޓުން ހާމަކުރި ގޮތުގައި ލަސްވަނީ ލިޔެ ކިޔުންތައް ތައްޔާރުކުރުމުގައި ވަގުތު ބޭނުންވާތީ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް ހުކުމްގެ މަޖިލިސް ތާވަލްނުކޮށް އޮތުމަކީ އެއީ ރައީސް ޔާމީންގެ މައްސަލައަށް މި ސަރުކާރުގެ ތެރެއިންވެސް ނުފޫޒު ފޯރުވަމުން ދާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ރައީސް އޮފީހުގެ ވަކި ވަކި މިނިސްޓަރުން ގެންދަނީ ރައީސް ޔާމީންގެ މައްސަލަ ޕާކުކޮށްފައި ބޭއްވުމަސް ހައިކޯޓުގެ ފަނޑިޔާރު ސަމީރު މެދުވެރިކޮށް މަސައްކަތްކުރަމުންނެވެ.

ރައީސް ޔާމީން މިނިވަންކުރެއްވުމަކީ އެމަނިކުފާނުގެ ފޮޓޯފުޅާ ހުސް ގޮނޑި ދައްކައިގެން އައި ސަރުކާރުގެ ރައީސުލްޖުމްހޫއްރިއްޔާގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު މަތިން ރައީސް މުހައްމަދު މުއިއްޒު ހަނދުމަފުޅު ނެތިއްޖެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved