March 18, 2026
Advertisement
މާރޗު 19 އަކީ ފަހު ރޯދަ، މި އަހަރުގެ ފިޠުރު އީދު ރާއްޖެއިން ފާހަގަކުރާނީ މާރޗު 20ގައި
މާރޗު 19 އަކީ ފަހު ރޯދަ، މި އަހަރުގެ ފިޠުރު އީދު ރާއްޖެއިން ފާހަގަކުރާނީ މާރޗު 20ގައި / ގަލްފް ޓައިމްސް
ކުއްލި ހަބަރު

މާރޗު 19 އަކީ ފަހު ރޯދަ، މި އަހަރުގެ ފިޠުރު އީދު ރާއްޖެއިން ފާހަގަކުރާނީ މާރޗު 20ގައި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 18, 2026, 08:41 PM
މާލެ ސިޓީ

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހަކީ މާދަމާ، 19 މާރޗު 2026 ކަމުގައި ކަނޑައަޅާ ރާއްޖެއިން މި އަހަރުގެ ފިތުރު އީދު 20 މާރޗުގައި ފާހަގަކުރަން ނިންމައިފިއެވެ.

Advertisement

މި ގޮތަށް ކަނޑައަޅާ އިއުލާންކުރީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ރާއްޖެއަށް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައި ހާމަކޮށްފައި ވާގޮތުގައި ރަމަޟާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހުވެސް ޝައްވާލު މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ހިސާބަކަށް ފެނިފައި ނުވާތީ ކަމަށާ ހަނދު ރާއްޖޭގެ އެއްވެސް ހިސާބަކަށް ފެނިދާނެ ކަމަށް ފަލަކީ ހިސާޞުތަކުންވެސް ނުދައްކާ ކަމަށާ އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ހަނދު ފެނިފައި ނުވާ ކަމަށެވެ.

އެހެންކަމުން މާރިޗު 19 ވާ ބުރާސްފަތި ދުވަހަކީ ޙިޖުރީ ސަނަތުން 1447ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި ޝައްވާލުމަހުގެ 1 ވަނަ ދުވަހަކީ މާރޗު މަހުގެ 20 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved