
ހޮރުމޫޒު ކަނޑުއޮޅި ގިރާ ކުރަން ޔުއާންއިން ފައިސާ ދައްކަން ޖެހުމަކީ ދުނިޔޭގެ މާލީ ބާރާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލީވަރޭޖް އަލުން ބައްޓަން ކުރާނެ ކަމެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަރިޔަންދު ވިދާޅުވެފައި ގޮތުގައި، އީރާނުން ބޯޓުތަކަށް ހޮރްމުޒް ފަހަނައަޅައި ދިއުމަށް ހުއްދަ ދެނީ ހަމައެކަނި ޗައިނާގެ ޔުއާން އިން މުދާ ސެޓްލް ކޮށްފި ކަމަށް ވަނީނަމަ، ޝިޕިންގއަށް ވުރެ ބޮޑު މައްސަލައެއް ނުކުންނާނެ ކަމަށެވެ.
އެއީ ދުނިޔޭގެ ފައިސާގެ ނިޒާމަށް އެކަމުގެ ތެރެއިން އަސަރުތަކެއް ކުރުން ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ ހޮރުމޫޒު ކަނޑުއޮޅި ގިރާ ކުރަން ޔުއާންއިން ފައިސާ ދައްކަން ޖެހުމަކީ ދުނިޔޭގެ މާލީ ބާރާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލީވަރޭޖް އަލުން ބައްޓަން ކުރާނެ ކަމެއް ކަމަށެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އިރާނުން ވަނީ ހަކަތައިގެ އެންމެ މުހިންމު ރޫޓު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އާ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން އިރާނުން ބުނެފައިވަނީ ތެލަށް ފައިސާ ދެއްކުމުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމަށްވާ 'ޔުއާން' ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި އެމެރިކާ ޑޮލަރަށް އޮތް ބާރު ކުޑަކޮށް، އިގްތިސާދީ ގޮތުން ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އިރާނުން އެޅި ފިޔަވަޅެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.










