March 20, 2026
Advertisement
އެންމެ ދެ އަހަރާއި ބައިން މުޅި ދިވެހި އިގްތިޞާދު ގަންބާލާއިފި: އައްބާސް
އެންމެ ދެ އަހަރާއި ބައިން މުޅި ދިވެހި އިގްތިޞާދު ގަންބާލާއިފި: އައްބާސް / ސޯޝަލް މީޑިއާ

އެންމެ ދެ އަހަރާއި ބައިން މުޅި ދިވެހި އިގްތިޞާދު ގަންބާލާއިފި: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Mar 19, 2026, 04:21 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުން ދެ އަހަރާ ބައިގެ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސޯދު މުޅިން އެއްކޮށް ގަންބާލާ ގައުމު ކަރުތާ ފެނަށް ބާލައިފި ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ ތެޔޮ ނުލބުމުގެ ދަތިކަމެއް ނެތް ކަމަށާ ރއީސް މީހާގެ ވިސްނުމަކީ ތެޔޮ އަގު ބޮޑު ވިޔަ ނުދިނުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމިރު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާފައެވެ.

ޒަމީރުގެ އެވާހަކައަށް އިޝާރާތްކުރައްވާ އައްބާސް ވިދާޅުވީ ސަރުކާރުން އެހެން ހާމަކުރިތާ 24 ގަޑިއިރު ނުވަނީސް ސަރުކާރުން ވިއްކާ ތެލުގެ އަގު ދެގުނަ ބޮޑުކޮށްފައިވާ ކަމަށެވެ. ދިވެހި ރައްޔިތުން މިކަމުން މިންޖުވާން ޖެހޭ ކަމަށް ވިދާޅުވެ އައްބާސް ވިދާޅުވެފައިވަނީ އެންމެ ދެ އަހަރާއި ބައިން މުޅި ދިވެހި އިގްތިޞާދު ރައީސް މުއިއްޒުއާ ޕީއެންސީގެ ސަރުކާރުން ގަންބާލާއިފި ކަމަށެވެ.

އަސާސީ މުދަލާއި ހިދުމަތްތައް އަގު ބޮޑުކޮށް މިއިން ޒަމާނަކު ދިވެހިންނަށް ދަތިނުވާ ވަރަށް މި ސަރުކާރުން ދަތިކޮށްފި ކަން ހާމަކުރައްވާ އައްބާސް ވަނީ މި ދޮގާއި މަކަރުވެރި ރޭވުމެއް ނެތް ހަރަދު ބޮޑު ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތު ނަގާ ނުލުމަށް ގޮވާލާފައެވެ.

ބެލެވޭ ގޮތުގައި އައްބާސް އެ އިޝާރާތްކުރެއްވީ ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ ހަމަ އެދުވަހު ބާއްވާ ރެފްރަންޑަމް ވޯޓުގައިވެސް ނުފެންނަ ކަމަށް ވޯޓުދިނުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved