
ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުން ޑޮލަރު ތިޔާގި ކަމަސް ބުނި ނަމަވެސް އާންމު ރައްޔިތަކަށް އެއިން ޑޮލަެއް ނުފެންނަ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ ބޭންކު އޮފް މޯލްޑިވަސް އިން ދޫކޮށްފައިވާ ކާޑުތަކަކީ ވެސް މިއަދު ބޭނުން ނުހިފޭ، ޖީބަށް ގިނަވެފައިވާ ޕްލާސްޓިކުތަކަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ކާޑުގެ ވެރިމީހާ ވިޔަފާރިއެއް ނުކުރިނަމަވެސް ކާޑޫ ލިމިޓު ހަމަވެ ރޭގަނޑު ހަތަރު ދަމު އެ ކާޑުން ވިޔަފާރިއެއް ކުރެވޭތޯ ލޮލު ފިޔަ ޖަހާ ނުލާ އުޅޭ ދިވެހިން މިއަދު އުޅޭ ކަމަށާ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ވެސް ކަންބޮޑުވުން ކާޑު ލިމިޓާ ވުޅިގެން އިންތިހާއަށް އެބައޮތް ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
އެ ަދަރިވަރުން ގައުމުން ބޭރުގައި ތިބޭއިރު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އިނާޔަތްތައްވެސް ފޮނުވައި ނުދީ އަދި އެކުދިންގެ ލާޑުތަކުގެ ލިމިޓޫ ބީއެމްއެލްގެ ޑެއިލީ ލިމިޓުގެ ތެރޭޣައި ހިމެނުމުން އެކުދިންނަށް ގައުމުން ބޭރުގައި އެތައް އުނދަގުލާ ތުރާތައް ކުރިމަތިވާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު ވިދާޅުވީ ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ތެރެއިންވެސް ޑޮލަރު ވަތް އަދަދު އިތުރުވިކަމަށް ހާމަކުރި ނަމަވެސް އެއިން ޑޮލަރެއް ރައްޔިތަކަށް ކަމެއް ދަމެއް ބޮޑުވެގެންދާއިރު ނުފެންނަ ކަމަށާ އާންމުން ޑޮލަރު ހޯދަން ޖެހެނީ ބޮޑު އަގުގައި ކަމަށެވެ.
މަލީހު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒަކީ ވެރިކަން ކުރުމުގެ ލަޔާގަތާ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށެވެ.










