
ގައުމުުގައި ހުރި ރިޒާވާ ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައިވެސް އަދި ފަހުން ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވަނީ ކަނޑައެޅިގެން ދޮގު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ޔޫޒަބަލް ރިޒާވު ދުވަހަކު ނުދާހާ މައްޗަށް ރާއްޖޭގައި ގޮސްފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނުގެ ދެ މަސް ދުވަސް ކުރިން ބޭއްވި ރީސެޓުގައި ޖަލްސާގައި އެމަނިކުފާނު ވާނީ ގައުމުގެ ޔޫޒަބަލް ރިޡާވުގެ އަސްލު ހިސާބު އަދަދު ހާމަކުރައްވާފައިވާ ކަމަށާ އޭރު ޔޫޒަބަލް ރިޒާވުގައި ހުރީ 2 މިބިލިއަނަށް ވުރެ މަދު އަދަދެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ގްރޮސް ރިޒާވު އެމަނިކުފާނު އަންދާޒާ ކުރި މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް އިތުރުވެދާނެ ކަމަށާ ނަމަވެސް ގްރޮސް ރިޒާވު އިތުރުވެގެން ދައުލަތަށް އޭގެ ބޭނުންނުކުރެވޭނެ ކަމަށާ އެހެންކަމުން ފައިދާ އެއް ވާނި ޔުޒަބަލް ރިޒާވު ބޮޑު ވެގެން ކަމަށެވެ.
އެހެންކަމުން އޭގެ ފަހުން ދެ މަސް ދުވަސް ނުވަނީސް އިއްވި ރިޔާސީ ބަޔާނެއްގައި، އެ އަދަދު ބޮޑު ތަނުން އިތުރުވީ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ކަނޑައެޅިގެން ދޮގު ހަދަމުން ކަމަށާ ޖާދޫ ގަރެއް ގެެނެސް ޖާދޫއެއް މެދުވެރިކުރިޔަސް އެވަރު ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ހުންނަވަނީ ދޮގު ހަދާ ހަދާ ދޮގު ހަދަން އާދެވެ ދެވި ހިފާފައި ކަމަށެވެ.










