March 24, 2026
Advertisement
ޑިފެންސް މިނިސްޓަރާ އެކު އެމެރިކާގެ މަންދޫބުބޭއްވި ބައްދަލުވުމުގެ ތަފްސީލު ސިއްރު!
ޑިފެންސް މިނިސްޓަރާ އެކު އެމެރިކާގެ މަންދޫބުބޭއްވި ބައްދަލުވުމުގެ ތަފްސީލު ސިއްރު! / ރައީސް އޮފިސް

ޑިފެންސް މިނިސްޓަރާ އެކު އެމެރިކާގެ މަންދޫބު ބޭއްވި ބައްދަލުވުމުގެ ތަފްސީލު ސިއްރު!

Mar 24, 2026, 05:10 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަަދު ޣައްސާން މައުމޫން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯއާއެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލުތައް ހާމަކުރަން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

Advertisement

އެ މައުލޫމާތު ހިއްސާކުރަން ސަރުކާރުން ދެކޮޅު ހަދާފައިވަނީ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ބުނެއެވެ.

ގޯ ވަނީ ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލުއާ ބައްދަލު ކުރައްވައިފައެވެ. އަދި އޭނާގެ ބައްދަލުވުމެއް ރައީސް މުހައްމަދު މުއިއްޒުއާވެސް ބައްދަލުވުމެއް ތާވަލްކުރެވިފައި އޮތް ނަމަވެސް ހޯދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ބޭސްތަަކަށް ހަަމަލާދިނުމަށް ބާރުއަޅާ ފަދަ މޭރުމަކުން ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމުން ގޯ ވަނީ ރައީސް މުއިއްޒުއާ ބައްދަލުނުކޮށް ރާއްޖެއިން ފުރާފައެވެ.

 ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ގޯއާއެކު ޣައްސާން ކުރެއްވި މަޝްވަރާތައް ހާމަކޮށްފިނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން އެ މަޝްވަރާތަކުގައި ދެއްކި ވާހަކަތައް ހާމަކުރެވެން ނެތް ކަމަށްވެއެވެ.

ނަމަވެސް އެއ ބައްދަލުވުންތަކަށް ފަހު ގޯ އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރެވިފައިވެއެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި، މި އަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރަށް ވާއިރު، އިސްތިރާތީޖީ ގޮތުން މުހިންމު ދާއިރާތައް ދެނެގަނެ، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved