theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ޑރ ޖަމީލުގެ ސުވާލެއް ޝިޔާމްއަށް: "ނައު ހޫ އިޒް ސްލީޕިން ވިތު ހޫ، ވެއަރ އަރ ޔޫ؟"
Mariyam Isaadha
މަރިޔަމް އިސާދާ
24 ޖުލައި 2025
މާލެ ސިޓީ

އިންޑިއާ ސިފައިން ގައުމުގައި ބައިތިއްބައިގެން ނިމި ދިޔަ ސަރުކާރުން ގައުމުގެ މިނިވަންކަން ކޮމްޕްރޮމައިޒު ކުރި ކަމަށް ވިދާޅުވެ ދުއްޕާން ޖަލްސާގައި މިއަދުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތައް ހަނދާނަށް ގެންނަވާ ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

ބުރާސްފަތ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، މިގެ ކުރިން ގައުމުގެ މިނިވަންކަން ގެއްލުވާލާތީ ދުއްޕާނަކަށް ވެގެން މީގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން މިއަދު ކޮބައިކަމާ މެދު ސުވާލު އުފެދޭ ކަަމށެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނު ވެސް މިއަދު ހަނު ތިއްބަވާތީ ޑރ ޖަމީލު ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.

ޑރ ޖަމީލު މިއަދު ކާކު ނިދަނީ ކާކާ އެކު ކަމަށް ސުވާލު އުފެދޭކަމާ މި ވާހަކަތައް ދައްކަން މިއަދު ޝިޔާމް ކޮބައިތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ.

ޑރ ޖަމީލު ވިދާޅުވީ އިބްރާހިމު ނާޒިރު ރަންނަ ބަނޑޭރިކިލެގެފާނު ރާއްޖޭގެ މިނިވަންކަން ހޯއްދަވަން ވެވަޑައިގެންނެވި ގުރުބާނީ އަގު މިއަދު ދިވެހި ގައުމުގައި ތިބި އިސްވެރިން ވަޒަން ނުކުރާ ކަމަށާ މިއަދު އެ ބަތަލުވީ ގުރުބާނީއަށް މަލާމާތް ކުރަނީ ދިވެހިންނަށް މިނިވަންކަން ދިނުމަށް ދެކޮޅު ހެދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ގެނެސްގެން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved