theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ރައީސް އޮފިސް
ސިޔާސީ
އަންނަ އަހަރުގެ ބަޖެޓްގައި އަސްކަރީ ހަރަދުތަަކަށް 2.6 ބިލިއަން ރުފިޔާ
Yana Shareef
ޔާނާ ޝަރީފް
01 ނޮވެމްބަރު 2025

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ ބަޖެޓުގެ ހަތަރު އިންސައްތަ އަސްކަރީ ކަންކަމަށް ހަރަދުކުރަން ބަޖެޓުކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޖެޓާއި ދިފާއީ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.

އެގޮތުން ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

އެމްއެންޑީއެފްގެ ބަޖެޓަށް ބަލާއިރު މި އަހަރަށްވުރެ މަދުން ހިމަނާފައިވަނީ އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތަކަށް ދާނެ ކަމަށް ލަފާކުރާ ހަރަދާއި ފަންކްޝަނަލް ކޮމާންޑްސްގެ ހަރަދެވެ.

ތުރުކީން ބޮޑު އަގުގައި ގެނެއި ޑްރޯންތައް ބޭނުންނުކޮށް ބަހައްޓައިން ހުރެފައި މިދިޔަ މަހުވެސް އަނެއްކާ ވަނީ ބޮޑު އަގު ދީފައި ޑްރޯންތަކެއް ތުރުކީން ގެނެސްފައެވެ.

މި ސަރުކާރަކީ ހުރިހާކަމެއްގައި ވެސް ހަރަދު ބޮޑު ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved