March 12, 2026
Advertisement
އިންޑިއާ އައުޓު ގޮވަމުން އައިސް، އިންޑިއާ އާއެކު އަސްކަރީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި
އިންޑިއާ އައުޓު ގޮވަމުން އައިސް، އިންޑިއާ އާއެކު އަސްކަރީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި / ސަން އޮންލައިން

އިންޑިއާ އައުޓު ގޮވަމުން އައިސް، އިންޑިއާ އާއެކު އަސްކަރީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 7, 2025, 12:08 AM
މާލެ ސިޓީ

އިންޑިއާ އައުޓު ގޮވަމުން ވެރިކަމަށް އައިސް ތިބި ޕީއެންސީގެ ސަރުކާރުން، އިންޑިއާ އާއެކު އަސްކަރީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފިއެވެ.

Advertisement

ޑިފެންސް މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންޑިއާއާ އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ ވަފުދާއެކު މިނިސްޓަރު ޣައްސާން މައުމޫން ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

އެ ވަފުދުގައިި އިސްކޮށް ހުންނަވަނީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހެވެ. އެ ބައްދަލުވުމުގައި އިންޑިއާގެ ހައިކޮމިޝަނަރު ޖީ ބަލަސުބްރަމާނިއަންއާއި އަސްކަރިއްޔާއާއި އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިފާއީ ގުޅުން ވަރުގަދަ ކުރަން އިންޑިއާއާ އެކު މަޝްވަރާތައް މި ސަރުކާރުން ކުރިއިރު، މިއީ އިންޑިއާ ސިފައިން މި ގައުމުން ބާލާނެ ކަމުގެ ވައުދާ އެކު އައި ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އުތުރު ތިލަފަލޫގައި އަޅާ ޑޮކްޔާޑުގެ ކަންކަމާ ގުޅިގެން ކަމަށްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved