March 25, 2026
Advertisement
-
- / ޗައިނާ ޑެއިލީ

ޗައިނާގެ "ލޭންޑް އެއާކްރާފްޓް ކެރިއާ" ދައްކާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 24, 2026, 07:52 PM
މާލެ ސިޓީ

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެކްސްޕެންގް އެރޯޓް (XPENG AEROHT) އިން ދުނިޔޭގެ ފުރަތަމަ ގިނަ އަދަދަކަށް އުފައްދާ އުދުހޭ ކާރު، "ލޭންޑް އެއާކްރާފްޓް ކެރިއާ" ކާމިޔާބުކަމާއެކު އުދުއްސާލައިފިއެވެ.

Advertisement

ޗައިނާގެ ގުއަންޒޯގެ ހައިކްސިންޝާގެ ވައިގެ ސަރަހައްދުގައި ބޭއްވި މި ހާއްސަ ހަރަކާތަކީ، އުދުހޭ އުޅަނދުފަހަރުގެ ދާއިރާއިން ދުނިޔެއަށް އައި ބޮޑު ކުރިއެރުމެކެވެ.

މި އުޅަނދަކީ އިލެކްޓްރިކް އުޅަނދެކެވެ. އުދުހޭ ވަގުތު ގަޑިއަކު 360 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރުގެ ގާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ. ބިމުގައި ދުއްވާ ބައި ނުވަތަ "ގްރައުންޑް ވެހިކަލް" ގައި 4 އާއި 5 އާ ދެމެދުގެ އަދަދަކަށް މީހުންނަށް އިށީނދެވޭއިރު، ފުލް ޓޭންކަކާއި ފުލް ބެޓެރީއެއްގައި 1،000 ކިލޯމީޓަރަށް ވުރެ ދިގު ރޭންޖަކަށް ދަތުރުކުރެވެއެވެ.

މި އުދުހޭ ކާރުގެ އަގަކީ ގާތްގަނޑަކަށް 2 މިލިއަން ޔުއާން ކަމަށްވެއެވެ. މި އުޅަނދު ބާޒާރަށް ނެރުމުގެ ކުރިންވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، މިހާތަނަށް 7،000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޗައިނާގެ މި އީޖާދަކީ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުން ކަމުގައި ބެލެވެއެވެ. މި އުޅަނދުގެ ސަބަބުން އެއްގަމު މަގުގެ ތޮއްޖެހުމަށް ހައްލެއް ލިބި، އަވަސް ދަތުރުފަތުރަށް އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved