March 25, 2026
Advertisement
ސިޔާސީ ބޭނުމަށް މިގައުމުގެ އިއްފަތްތެރިކަން ފޭރޭ އުސޫލުން މުއިއްޒު ވަޒީފާ ވެސް ބަހަނީ: ޑރ ޖަމީލު
ސިޔާސީ ބޭނުމަށް މިގައުމުގެ އިއްފަތްތެރިކަން ފޭރޭ އުސޫލުން މުއިއްޒު ވަޒީފާ ވެސް ބަހަނީ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ސިޔާސީ ބޭނުމަށް މިގައުމުގެ އިއްފަތްތެރިކަން ފޭރޭ އުސޫލުން މުއިއްޒު ވަޒީފާ ވެސް ބަހަނީ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 25, 2026, 04:12 PM
މާލެ ސިޓީ

ސިޔާސީ ބޭނުމަށް މިގައުމުގެ އިއްފަތްތެރިކަން ފޭރޭ އުސޫލުން ރައީސް މުހައްމަދު މުއިއްޒު ގެންދަނީ ވަޒީފާތައްވެސް ބަހަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ތިމަން މަނިކުފާނަކީ ސިޔާސީ ބޭނުމަށާ އިންތިހާބުތަކާ ދިމާކޮށް ވަޒީފާ ބަހާނެއް މީހެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާ ދިން ކަމަށް ބުނާ ބައެއް މީހުންގެ ފޮޓޯތައް މީސްމީޑިޔާގައި ދަނީ ދައުރުކުރަމުންނެވެ.

އެހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާ ޕީއެންއެފްގެ ނައިބުކަން ވެސް ކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަކީ "ޕެތެލޮޖިކަލް ލަޔަރ"އެއްކަން ހާމަވަނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި އެއީ އާދަޔާ ޚިލާފު ބަލިމަޑުކަމެއްގެ ގޮތުގައިވެސް ޑރ ޖަމީލު ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން މުޅިދުނިޔެ އިގްތިސޯދީ ބޮޑު ކާރިސާއަކާ ކުރިމަތިލައިގެން އުޅޭއިރު ރައީސް މުއިއްޒު ހަމަ ސިޔާސީ ބޭނުމަށް މިގައުމުގެ އިއްފަތްތެރިކަން ފޭރޭ އުސޫލުން ވަޒީފާ ބެހުމުގައި އަވަދި ނެތި އުޅޭ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ ރައީސް މުއިއްޒުގެ ދޮގު ހެދުން އުޅެނީ މުޅިން އެހެން ލެވެލްއެއްގައި ކަމަށެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން އންތިހާބުތަކާ ދިމާކޮށް ވަޒީފާއަށް މީހުން ނުނަގާ ކަމަސް ރައީސް ވިދާޅުވި ނަމަވެސް އާރުޑީސީއަށް އެކަނިވެސް އިންތިހަބާ ދިމާކޮށް 170 އަށް ވުރެ ގިނަ މުވައްޒަފުން ނަގަން ވަނި އިއުލާންކޮށްފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved