April 6, 2026
Advertisement
ފެންނަމުން ދަނީ ސަރުކާރުން ކުރަމުންދާ "ޒާތީ" ކަންކަމުގެ ނަތީޖާ: ޑރ ޖަމީލު
ފެންނަމުން ދަނީ ސަރުކާރުން ކުރަމުންދާ "ޒާތީ" ކަންކަމުގެ ނަތީޖާ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ފެންނަމުން ދަނީ ސަރުކާރުން ކުރަމުންދާ "ޒާތީ" ކަންކަމުގެ ނަތީޖާ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 5, 2026, 03:50 PM
މާލެ ސިޓީ

ގައުމުން މިހާރު ފެންނަމުން ދަނީ، ސަރުކާރުން ކުރަމުންދާ "ޒާތީ" ކަންކަމުގެ ނަތީޖާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ހޮނިހިރު ދުވަހު ބޭއްވި ތިން އިލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން މީޑިއާތަކާ ވާހަކަދައްކަވަމުން، ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، މި އިންތިހާބުތަކުގެ ނަތީޖާއަކީ ރައީސް މުޢިއްޒަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއް ކަމަށެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ނުބައި ރޭވުންތައް ބަޔަކު ރޭވި ނަމަވެސް  اللَّه އެއުބައި މީހުންގެ ރޭވުންތައް، باطل ކުރައްވައި، އެބަމީހުންނަށް ކެހިލިބޭނެގޮތަށް تدبير ކުރައްވާ ކަމަށެވެ.  اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެ ކަން ވެސް ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ތިން އިންތިހާބުގައިވެސް ރައްޔިތުން ވަނީ ސަރުކާރަށް ބޮޑު ތަނުން ނޯ ޖަހާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved