June 7, 2026
Advertisement
-
- / ތޭރަ އޮންލައިން

މުއިއްޒުގެ ސިޔާސަތަށް ރައްޔިތުން ނޫނެކޭ ބުނެފި: ޑރ. ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 12:00 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުޙަބާ ދަންނަވައި ކުރެއްވި ޕޯސްޓެއްގައެވެ. މި އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނި ކަމުގެ ހެއްކެއްގެ ގޮތުގައި ޖަމީލް ވަނީ ސިފަކުރައްވާފައެވެ.

ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ރާއްޖެއިން މިހާރު ފެންނަމުންދަނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ނުރުހުންވެފައިވާ މަންޒަރު ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް މުއިއްޒާއި ޕީއެންސީ ނޫން ގޮތެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަށް އިލްތިމާސް ކުރައްވަމުން ޖަމީލް ވިދާޅުވީ، މިއީ އެ މެންބަރުން މިނިވަންވެ ރައްޔިތުންގެ ޙައްޤުގައި ތެދުވާންވީ ވަގުތު ކަމަށެވެ.

މިއާއިއެކު، ރާއްޖޭގެ ސިޔާސީ މައިދާނުން ރައީސް މުއިއްޒުގެ "ޗެޕްޓަރު" ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved