March 26, 2026
Advertisement
-
- / އަލްޖަޒީރާ

އީރާނުން އެމެރިކާގެ 'ސުޕަރ ހޯނެޓް' ފައިޓާ ޖެޓަކަށް ހަމަލާދީފި ކަމަށް ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 26, 2026, 02:20 AM
މާލެ ސިޓީ

އީރާނުގެ އަސްކަރީ ބާރުތަކުން އެމެރިކާގެ ނޭވީއަށް ނިސްބަތްވާ އެފް.އޭ-18 (FA-18) މަރުކާގެ 'ސުޕަރ ހޯނެޓް' ފައިޓާ ޖެޓަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

މި ހަމަލާ ދީފައިވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުމުގެ ތުހުމަތުގައެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ދިފާއީ ނިޒާމުން ވަނީ އެމެރިކާގެ ޖެޓަށް ކާމިޔާބު ހަމަލާއެއް ދީފައެވެ. ނަމަވެސް، މި ހަމަލާގައި ޖެޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުވަތަ ޖެޓް ވައްޓާލެވުނު ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޕެންޓަގަންއިން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ ނޭވީގެ ފައުޖުތައް އާންމުކޮށް ގަލްފް ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މިފަދަ ހާދިސާތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، ސަރަހައްދީ ހަނގުރާމަ ދިގުލައިގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުން މި ހަމަލާގެ މައުލޫމާތު ހާމަކޮށްފައި މިވަނީ، އިޒްރޭލުން އިރާނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެމެރިކާއިން ވާގިވެރިވަމުންދާ ކަމަށް ބުނެ، އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެމުންދާ ވަގުތެއްގައެވެ.

އިސްލާމީ އުސޫލުތަކާއި މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް އީރާނުން އަބަދުވެސް ވަކާލާތު ކުރަމުންދާއިރު، އެމެރިކާގެ އަސްކަރީ ހަރަކާތްތަކަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އޮތް ހުރަހެއް ކަމަށް އީރާނުން ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved