
އީރާންގެ ވެރިރަށް ތެހްރާންގައި ހުރި ޔުނިވަސިޓީއަކަށް ބޮން އަޅައިފިއެވެ
އެ ޔުނިވަސިޓީއަށް ބޮން އެޅިއިރު، އެ ތަނުގައި ދަރިވަރުން ތިބި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.
އީރާންގެ މެހްރް ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި އެމެރިކާ-އިސްރާއީލް ގުޅިގެން ބޮން އެޅީ ތެހްރާންގައި ހުންނަ އީރާން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށެވެ. އެ ހަމަލާ ދީފައިވަނީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށްވެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން މީގެކުރިން އީރާންގައި ހުރި ސްކޫލަކަށް ދިން ވައިގެ ހަމަލާގައި މަރުވި 168 ދަރިވަރުން ވަނީ މަރާލައިފައެވެ. މި ހަމަލާ އަމާޒުވީ އެގައުމުގެ މިނާބް ކައުންޓީގައި ހުންނަ ޕްރައިމަރީ ސްކޫލަކަށެވެ. އެ ސްކޫލަކީ މުޅިން ހެން އަންހެން ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް ކަމަށް ވެސް މީޑިއާ އިން ރިޕޯޓުކޮށްފައިވެއެވެ. އެހެންވެ، މި ހަމަލާގައި މަރުވި ހުރިހާ ދަރިވަރުންނަކީ ވެސް އަންހެނުންނެވެ.




