April 7, 2026
Advertisement
ހޮޅި އޮޑި ފައްތާ، ފަޅުވެރިން ފުންމާލަންވީ ވަގުތު ޖެހިއްޖެ: މަލީހު
ހޮޅި އޮޑި ފައްތާ، ފަޅުވެރިން ފުންމާލަންވީ ވަގުތު ޖެހިއްޖެ: މަލީހު / އަދަދު

ހޮޅި އޮޑި ފައްތާ، ފަޅުވެރިން ފުންމާލަންވީ ވަގުތު ޖެހިއްޖެ: މަލީހު

Apr 6, 2026, 08:42 PM
މާލެ ސިޓީ

ރައީސް  ޑރ މުހައްމަދު މުއިއްޒު ނިސްބަތްވާ "ހޮޅި އޮޑި" ފައްތާލުމަށް ފަހު އޮޑީގެ ފަޅުވެރިން ފުންމަންވީ ވަގުތު ޖެހިއްޖެ ކަމަށް ޕީއެންފެގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުންވެސް ސަރުކާރަށް ބޮޑުތަނުން ނާކާމިޔާބުވެފައިވާއިރު އެއީ ރައްޔިތުން، ދެ އަހަރާ ހަތް މަސްވީ މި ސަރުކާރާ މެދު ނުރުހިފައި ތިބި މިންވަރު ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށް ސިޔާސީ މުހައްލިލުން ބުނަމުންދެއެވެ.

ގައުމުގައި މިފަދަ ބޮޑު މަންޒަރެއް ފެންނަން ފަށާފައިވާ ދަނޑިވަޅެއްގައި މަލީހު އެކްސްގައި ކުރެއްވި މަޖާޒީ މާނަ އެކުލަވާލެވޭ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މުއިއްޒުގެ އޮޑި ފައްތާ ފަޅުވެރިން އޮޑިން ފުންމާލަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

މަލީހުގެ މަޖާޒީ މަނާ އެކުލެވޭ ޕޯސްޓެއް ކުރައްވާފައި މިވަނީ ސަރުކާރު ފެއިލްވެފައިވާ ކަމަށާ ރައީސް މުއިއްޒު އިސްތިއުފާ ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved