April 8, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސީޒްފަޔަރ އިއުލާންކުރިއަސް ނިއުކްލިއަރ ހަމަލާއެއްގެ ކައުންޓްޑައުން އިޒްރޭލީ މީޑިއާތަކުން ދައްކައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 8, 2026, 11:06 AM
މާލެ ސިޓީ

އިރާނާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވި، ސީޒްފަޔަރ އިއުލާންކޮށްފައި ވަނިކޮށް، އޭގެ އިރުތަކެއް ކުރިން އިޒްރޭލުގެ ބައެއް މީޑިއާތަކުން ނިއުކްލިއަރ ހަމަލާއެއް ދިނުމަށް ބާކީ އޮތް ވަގުތު އަންގައިދޭ "ކައުންޓްޑައުން" އެއް ދައްކަން ފެށުމުން ސަރަހައްދީ މަސްލަހަތު އަދިވެސް ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

Advertisement

އިޒްރޭލުގެ ބައެއް މީޑިއާ ޕްލެޓްފޯމްތަކުން ފެނިގެންދިޔަ މި ކައުންޓްޑައުންގައި ބާކީ އޮތީ އެންމެ އަށް ގަޑިއިރު ކަމަށް ދައްކާފައިވެއެވެ. މަސްލަހަތު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އިޒްރޭލަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފުވެ، ހަމަލާތައް ދީފައިވާ ރެކޯޑެއް އޮތް ބަޔެކެވެ.

މި ނުތަނަވަސްކަމުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން މަސްލަހަތު ވަނީ އިތުރަށް ގޯސްވެފައެވެ. ޓްރަމްޕް އިންޒާރު ދެއްވާފައިވަނީ ހޯރްމުޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ ނުވަތަ އެތަނުގެ މިނިވަން ދަތުރުފަތުރަށް އީރާނުން ހުރަސްއަޅަމުންދާނަމަ، އެ ގައުމު "ނަރަކައަކަށް" ހަދާލާނެ ކަމަށެވެ. މިފަދަ ހަރުކަށި ބަސްމަގުތަކުގެ ސަބަބުން، ސީޒްފަޔަރ އަކަށް އާދެވުނު ކަމަށް ބުންޏަސް، މެދުއިރުމަތީގައި ހަގީގީ ހަމަޖެހުމެއް އަތުވެދާނެ ކަމާމެދު ބޮޑެތި ބިރުވެރިކަންތައްތަކެއް ވަނީ އުފެދިފައެވެ.

އިޒްރޭލުގެ މީޑިއާތަކުން މިފަދަ ނިއުކްލިއަރ އިންޒާރުގެ ކައުންޓްޑައުންތައް ދައްކަމުންދަނީ، އެ ގައުމުން އިރާނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ދުނިޔޭގެ އެކި ކޮޅުތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ސަރަހައްދީ ސުލްހައަށް އޮތް ނުރައްކާ އަދިވެސް ކުޑަނުވާކަން ސިޔާސީ މާހިރުން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved