April 8, 2026
Advertisement
ގއ. އިން ފެށިގެން އައްޑޫއަށް 9:30އާ ހަމައަށް ހުދު ސަމާލު!
ގއ. އިން ފެށިގެން އައްޑޫއަށް 9:30އާ ހަމައަށް ހުދު ސަމާލު! / ސޯޝަލް މީޑިއާ

ގއ. އިން ފެށިގެން އައްޑޫއަށް 9:30އާ ހަމައަށް ހުދު ސަމާލު!

Apr 8, 2026, 07:41 PM
މާލެ ސިޓީ

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓުން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 3:30 އިން ފެށިގެން މިރޭގެ 9:30 އާ ހަމައަށް އިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދު ތަކަށެވެ.

ސަމާލުގެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. މީގެ އިތުރުން، ވައިގަދަވުމުގެ ސަބަބުން އެ ސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

 މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް އެ ސަރަޙައްދުގައި ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އެދިފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.  

މިހާރު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައަކީ މި ދުވަސްވަރު ކުރަމުންދާ މޫސުމީ ވިއްސާރައެއް ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved