
އަލަށް އިންތިހާބުވި ކައުންސިލަރުން މެއި މަހުގެ 17ގައި ހުވާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.
އައު ކައުންސިލަރުން ހުވާ ކުރާނެ ދުވަސް ކަމުގައި އެލްޖީއޭއިން ކަނޑައަޅަފައި އެވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.
އަލަށް ހޮވުނު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި، އަލަށް ހޮވުނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އިގްރާރުގައި ސޮއިކުރުން ވެސް އޮންނާނެ ކަމަށް އެލްޖިއޭއިން ހާމަކޮށްފައިވެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލެއްގެ ދައުރަކީ ފަސް އަހަރު ކަމަށް ވާ އިރު، މިހާރުގެ ކައުންސިލަރުން މަޤާމާ ހަވާލުވީ 17 މެއި 2021 ގައެވެ.
އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ކައުންސިލްތަކަށް 681 އަދި އަންހެނުންގެ ކޮމިޓީތަކަށް 681 މެމްބަރުންނާ އެކު ޖުމްލަ 1،362 މެމްބަރުން ހޮވާފައިވެ އެވެ. މިފަހަރުގެ ސިޓީ ކައުންސިލްތައް ހިނެމޭހެން ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.









