
އަތޮޅުތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ އިހުސާސުތައް އެނގޭނީ މާލޭގައި ތިބޭ ބަޔަކަށް ނޫން ކަމަށް ޕީއެންއެފްގެ ރައީސް. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީސް ޖަލްސާއެއްގައި ކައުންސިލަރުންގެ އަދަދު ކުދި އާބާދީތަކަށް މި ސަރުކާރުން މަދުކުރުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ، ކުދި އާބާދީ ވިޔަސް ޑިމޮކްރެސީއާ އެއްގޮތަށް ކަންކަން އެ އާބާދީތަކުގައިވެސް ހިނގާނީ ގިނަ ޚިޔާލާތު އެކުލެވިގެން ކަމަށާ އެހެންކަމުން އެލްޖީއޭއިން އެކަމުގެ ތެރެއަށް ވަދެ މަޖިލިސް މެމްބަރާ ދާއިރާގެ ކަންކަން ޖާމިނުކޮށް ކައުންސިލަރުން ކުދި އާބާދީތަކަށް މަދުކުރުން އެމަނިކުފާނަށް ބަލައިނުގަނެވޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި ކުދި އާބާދީއެއް ބޮޑު އާބާދީއެއް ހިދުމަތް ދިނުމުގައި އަދި ތަރައްގީ ގެނެސްދިނުމުގައި ތަފާތުކުރުން އޮވެގެން ނުވާނެއެވެ.










