March 16, 2026
Advertisement
-
- / ސަން އޮންލައިން

މުއިއްޒަކީ ޑިމޮކްރެސީން ދައްކައިދޭ ޗާޓުގެ ތެރެއިން ހިނގަން އެނގޭނެ މީހެއް ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 4, 2025, 11:33 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއއިްޒަކީ ޑިމޮކްރެސީގެ ހަމަތަކާ އަސާސްތައް ގަބޫލުކުރާ ބޭފުލެއް ނޫން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ލާމަރުކަޒީ ގާނޫނާ ރައީސް މުއއިްޒު ކުޅެމުންދާތީ އެކަމަށް އަމާޒުކޮށް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރެސީގެ އަސާސްތަކުގެ ތެރެއިން އަންނަ އެންމެ މުހިއްމު އަސާސްއަކީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދިނުން ނަމަވެސް މި ސަރުކާރުގައި ފެންނަނީ ދޮގު ހެދުމާ ޑިމޮކްރެސީގެ އަސާސްތައް ފުނޑާލުމާ ލާމަރުކަޒީ ނެތިކޮށްލުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމުވެސް ފުނޑާލައިގެން ބޭނުންވާ ކަންކަން މަގު ފަހި ކުރަމުން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެއީ ޑިމްކްރެސީއަށް އަހުލުވެރިނުވުމުން ކަމަށާ އެގޮތުން ރައީސް މުއިއްޒަކީ ޑިމޮކްރެސީ ދައްކާ މަގުން ހިގަން އެނގޭނެ މީހެއް ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ އަމިއްލަފުޅު ޚިޔާލުގެ މައްޗަށް ކަންކަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުލެއްވެސް ނުމެ ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved