May 20, 2026
Advertisement
އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފި
އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފި / މާލެ ސިޓީ ކައުންސިލް

އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފި

May 17, 2026, 03:20 PM
މާލެ ސިޓީ

އެޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި މޭޔަރުންނާއި، ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު  ބާއްވައިފިއެވެ.

Advertisement

އާދިއްތަ ދުވަހު މުޅި ރާއްޖޭގައި ހުރިހާ ކަންކޮޅެއްގައި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާއިރު، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެސްފައިވެސް ވެއެވެ.

ހުވާކުރެއްވި ކައުންސިލަރުންނާއެކު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ އާ ދައުރު ރަސްމީކޮށް މިވަނީ ފެށިފައެވެ.

އެޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބާ އ.ތ.ކ އިންތިހާބުގެ އިތުރުން ރެފަރަންޑަމް ވޯޓެއްވެސް ނަގާފައިވެއެވެ. އެ ވޯޓުގައި 70 އިން ސައްތަ ރއްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފައެވެ.

ކައުންސިލްއާ އ.ތ.ކ އިންތިހާބުގައިވެސް، ދައުލަތުގެ ހުރިހާ ބާރަކާ ނުފޫޒު ބޭނުންކުރުމުން ވެސް ސަރުކާރަށް އެފެވިގެން ނަތީޖާއެއް ލިބިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved